ޞަޙާބިއްޔާތުންގެ ނަމޫނާ-1

ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް---

އިސްލާމްދީނުގެ އެއްމަޤްޞަދަކީ އެންމެހައި އިންސާނުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުމެވެ. އިސްލާމީ ދައުލަތުގައި ދޮންމީހުންނާއި ކަޅުމީހުންގެ، މުއްސަންދީންނާއި ފަޤީރުންގެ، އަންހެނުންނާއި ފިރިހެނުންގެ އިންސާނީވަންތަކަމުގައި ތަފާތެއްނެތެވެ.

އިސްލާމްދީނުގެ އުނގަންނައިދިނުންތަކާއި ޤާނޫނުތަކާއި ޙުކުމްތަކުގެ ޒަރީޢާއިން މުޅި ދުނިޔެއަށް ދީފައިވަނީ ހަމަހަމަކަމުގެ އިރްޝާދެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގައި އިހުއްސުރެ ޤާއިމްވެފައި އޮތް ދީނާއި، އަޚްލާޤާއި، ރަށްވެހިކަމާއި، ސިޔާސަތުގެ އޮނިގަނޑު މުޅިން ބަދަލުވިއެވެ.

އިސްލާމްދީން ފޮނުއްވުމުގެ ކުރީން ދުނިޔޭގައި އުފެދުނު ހުރިހައި ރަށްވެހިކަމަކާއި، އިންސާނުންނަށް އައި ހުރިހައި ތަރައްޤީއަކީ ހަމަ އެންމެ ޖިންސެއް (ފިރިހެނުން) ގެ އަޚްލާޤާއި ވިސްނުމުގެ ބާރުގެ ނަތީޖާއެވެ. މިޞުރާއި، ބާބިލާއި، އީރާނާއި، ގްރީކާއި، ޗައިނާއާއި، އިންޑިޔާގައި ތަފާތު ސިވިލައިޒޭޝަންތައް އުފެދިފައިވެއެވެ. އެތަންތާނގައި އުފެދުނު ރަށްވެހިކަމުގައި އަންހެނުންގެ އެއްވެސް ޙިއްޞާއެއް ނެތެވެ. ނަމަވެސް އިސްލާމްދީން އައިހިނދު ދެޖިންސުގެ ހިންމަތާއި މިންނަތް ތަރައްޤީގެ ވަސީލަތަކަށް ވެއްޖެއެވެ. އެހެންކަމުން އިސްލާމީ ތަމައްދުނުގެ ބަގީޗާ ހެދިބޮޑުވެ އެބަގީޗާގެ ބަހާރު އައިހިނދު އާކުލަތަކަކާއި އާ ވަސްތަކެއްގެ މާމެލާމެލި ފަރިވެ ފޮޅިފައިވެއެވެ.

އިސްލާމްދީން އައުމުގެ ކުރީން ދުނިޔޭގެ ތަފާތު ޤައުމުތައް އަންހެނުންނާމެދު ބަލަމުން އައީ ތަފާތު ނަޒަރަކުންނެވެ. އިރުމަތީ މީހުންގެ ނަޒަރުގައި އަންހެނުންނަކީ ފިރިހެނުންގެ ޒާހިދުކަމުގެ ފަސްބައިގައި ޖެހުނު ލައްގަނޑެކެވެ. ރޯމަނުންގެ ނަޒަރުގައި އަންހެނުންނަކީ ގޭގައި ގެންގުޅޭ ފެހާމާނު މުދަލެކެވެ. ގްރީކުން ބުނަމުން އައި އަންހެނުންނަކީ ޝައިޠާނުން ކަމުގައެވެ. ބަދަލުގެނެސްފައިވާ ތައުރާތުގައި އަންހެނުން ސިފަކޮށްފައިވަނީ ދާއިމީ ލަޢުނަތް ޙައްޤު ބައެއް ކަމުގައެވެ. ޔޫރަޕް ބަލައިފައިވަނީ އަންހެނުންނަކީ ކަލާނގެ ނުވަތަ ކަލާނގެއާ އެއްފަދަ ބައެއް ކަމުގައެވެ. ނަމަވެސް އިސްލާމްދީން އަންހެނުންނާމެދު ބަލައިފައިވަނީ އިސްވެދިޔަ ހުރިހާ ނިޒާމުތަކަށްވުރެވެސް މާބޮޑަށް އިންސާނީ ފިޠުރަތާ ގުޅޭ ގޮތަކަށެވެ. އެއަށްވުރެ މާ އިންޞާފުވެރި ނަޒަރަކުންނެވެ. އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވާ މަޤާމައި ދަރަޖައަކީ އޭގެ ނަތީޖާއަށް ބަލާއިރު އެހެނިހެން ޤައުމުތަކާއި ދީންތަކަށްވުރެ ނަތީޖާ މާ ރަނގަޅު މަޤާމަކާއި ދަރަޖައެއްކަން ޔަޤީނެވެ.

ޝައްކެއްނެތެވެ. ދުނިޔޭގެ ކޮންމެ ޤައުމަކީވެސް އެބައެއްގެ ޤައުމީ ތާރީޚާމެދު ފަޚްރުވެރިވާ ޤައުމެކެވެ. ނަމަވެސް މުސްލިމުން ފިޔަވައި އެހެނިހެން ޤައުމުތަކުގެ މީހުންކުރެން އެބައިމީހުންގެ އެފަޚްރުވެރި ވާހަކަތަކުގައި ލަޠީފީ ޖިންސުގެ ޙިއްސާ އޮތީ ކިހާވަރަކަށްތޯ ސުވާލުކޮށްފިނަމަ ވެރިވެގެން ދާނީ ހަނުހިމޭންކަމެވެ. އެބައިމީހުންގެ ފަޚްރުވެރިކަމާއި ބޮޑާކަމުގެ ހުރިހާ އަޑުތަކެއް ކެނޑިގެން ހިނގައިދާނެއެވެ. ތެދުފުޅެކެވެ. ގްރީކުންނަށް އެބައިމީހުންގެ "ރައްބާތުއްނައުޢު" ހުށަހެޅިދާނެއެވެ. ޔޫރަޕްގެ "ގޯލްޑަން ޑީޑްސް" ގެތެރެއިން ހަނގުރާމަވެރި ބައެއް އަންހެނުން ދެއްކިދާނެއެވެ. އިންޑިޔާގެ މާޟީގެ ތެރެއިންވެސް ޢިއްފަތްތެރިކަމާއި ޢިޞްމަތްތެރިކަމުގެ ބައެއް ދޭވީންގެ ނަން ކިޔައިލެވިދާނެއެވެ. ނަމަވެސް އެއިން އެކެއްގެ ފުށުންވެސް ދުނިޔެއަށް ކުޑަވެސް ތަރައްޤީއެއް ޙާޞިލުވިބާވައެވެ؟ ރަށްވެހިކަމުގައި އެންމެ އިންޗިއެއްވެސް ކުރިޔަށްދިޔަ ބާވައެވެ؟ ތާރީޚު މިސުވާލުތަކުގެ ޖަވާބު ދޭނީ ނަފީގެ ގޮތުގައިކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ.

ޤައުމީ ތާޜީޚުތައް ދޫކޮށްލުމަށްފަހު ދެން ނިކަން ދުނިޔޭގެ ޤައުމުތަކުގެ ދީނީ ތާރީޚުގެ މައްޗަށް ނަޒަރު ހިންގައިލަމާ ހިންގަވާށެވެ. އޭރުން އަޅުގަނޑުމެންނަށް ސާބިތުވާނީ އެތާރީޚުގެ ޞަފްޙާތައްވެސް ވަނީ މަދު އިސްތިސްނާއެއް ފިޔަވައި ހިޔަ މިތުރުންގެ ކުލަގަދަ ޚިދްމަތްތަކުގެ ވާހަކައިން ހުސްވެގެންކަމެވެ.

އާދެ، މިމޭރުމުން މިޞްރު މީހުންނަށް އާސިޔަތު ބިންތު މަޒާހިމްގެ ނަންފުޅު ހުށަހެޅިދާނެއެވެ. ތައުރާތުގެ އަހުލުވެރީންނަށް މޫސާގެފާނުގެ ދައިތާފުޅު މަރްޔަމް ބިންތު ޢިމްރާނުގެ ނަންފުޅު ކުރިޔަށް ނެރެވިދާނެއެވެ. ހަމައެފަދައިން ނަޞާރާއިން މަރްޔަމުލް އަޒްރާއުގެ ނަންފުޅު ހުށަހަޅައިފާނެއެވެ. ޝައްކެއްނެތެވެ. އެބޭބޭކަލުންގެ މާތްކަމާއި ދަރަޖައަކީ އަޅުގަނޑުމެން މުސްލިމުންވެސް އިޢުތިރާފުވާ ޙަޤީޤަތެކެވެ. ނަމަވެސް އެއިން އެއްވެސް ބޭކަނބަލެއްގެ ދީނީ ނުވަތަ އިޞްލާޙީ އެއްވެސް މަސައްކަތްޕުޅުތަކެއް ތާރީޚު ފާހަގަކޮށްފައިވޭ ބާވައެވެ؟

މަދަރުސަތުއްރަސޫލުގެ ދަސްވެނީންގެތެރެއިން

އިސްލާމްދީނުގެ ރަޙްމަތާއި އޯގާތެރިކަމުގެ ދާއިރާއިން ޖާގަ ހޯއްދަވާފައިވާ އަންހެން ސާހިބުން ދުނިޔޭގެ ތާރީޚުގައި ވަނީ އިންތިހާ ދަރަޖައިގެ އަގުހުރި ޚިދްމަތްތަކެއް އަދާކުރައްވައިފައެވެ. ނުހަނު ބުޠޫލަތްތެރި ދައުރުތަކެއް ކުޅުއްވައިފައެވެ. ނަމަވެސް މިއަދު އަޅުގަނޑު ގަލަން ނަގައިގެން މިއުޅެނީ ހަމައެކަނި ޞަޙާބިއްޔާތުންގެ ޙަޔާތްޕުޅުގެ މައްޗަށް ޚާއްޞަ ގޮތެއްގައި ބަލައިލުމުގެ މަޤްސަދުގައިކަމަށްވާތީ، މިތާނގައި އަޅުގަނޑު ބަލައިލާނީ ހަމައެކަނި އެބޭބޭކަނބަލުންގެ މައްޗަށެވެ. އެބޭކަނބަލުންގެ މަސައްކަތްޕުޅުތަކަކީ ތަރައްޤީގެ މަގުގައި ލަޠީފް ޖިންސު އަޅާންފެށި އެންމެ ފުރަތަމަ ފިޔަވަޅުތަކެވެ.

ޞަޙާބިއްޔާތުންގެ ހަޔާތްޕުޅުން ނަޒަރު ހިންގާއިރު ތަފާތު ދާއިރާތަކުން ނަންފުޅުވިދާ އެތައްއެތައް އަޞްޙާބު ބޭކަނބަލުންނެއްގެ ނަމޫނާ ހުށަހަޅައިލެވޭން އެބައޮތެވެ. އޭގެތެރެއިން އަޅުގަނޑު މިތާނގައި މިހާމަކޮށްލަނީ ހަމައެކަނި ކުޑަކުޑަ ނަމޫނާއެކެވެ. ދާދި މަދު ދާއިރާތަކަކުން ވަރަށް މަދު ނަންފުޅުތަކެކެވެ.

ކީރިތި ޤުރްއާން ހިތްޕުޅު ދަސްބޭކަނބަލުން

  1. އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާ
  2. އުއްމުލްމުއުމިނީން އައްސައްޔިދާ އުންމު ސަލަމަތު ރަޟިޔަﷲ ޢަންހާ
  3. އުއްމުލްމުއުމިނީން އައްސައްޔިދާ ޙަފްޞާ ބިންތި ޢުމަރު ރަޟިޔަﷲ ޢަންހާ
  4. އައްސައްޔިދާ އުންމު ވަރަޤާ ރަޟިޔަﷲ ޢަންހާ

މުފައްސިރާއިން

  1. އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާ
  2. އުއްމުލްމުއުމިނީން އައްސައްޔިދާ އުންމު ސަލަމަތު ރަޟިޔަﷲ ޢަންހާ
  3. އުންމުލް މުއުމިނީން އައްސައްޔިދާ ޙަފުޞާ ބިންތި ޢުމަރު ރަޟިޔަﷲ ޢަންހާ

މުޙައްދިޘާއިން

  1. އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާ
  2. އުއްމުލްމުއުމިނީން އައްސައްޔިދާ އުންމު ސަލަމަތު ރަޟިޔަﷲ ޢަންހާ
  3. އައްސައްޔިދާ އަސްމާއު ބިންތި އަބީބަކުރު ރަޟިޔަﷲ ޢަންހާ
  4. އައްސައްޔިދާ އުއްމު ޢަޠިއްޔާ ރަޟިޔަﷲ ޢަންހާ
  5. އައްސައްޔިދާ އުންމުހާނީ އަންޞާރިއްޔާ ރަޟިޔަﷲ ޢަންހާ
  6. އައްސައްޔިދާ ފާޠިމާ ބިންތު ޤައިސު ރަޟިޔަﷲ ޢަންހާ

ފިޤުހުވެރި އަދި ފަތުވާދެއްވި ޞަޙާބިއްޔާއިން

  1. އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާ
  2. އުއްމުލްމުއުމިނީން އައްސައްޔިދާ އުންމު ސަލަމަތު ރަޟިޔަﷲ ޢަންހާ
  3. އުންމުލް މުއުމިނީން އައްސައްޔިދާ ޙަފުޞާ ބިންތި ޢުމަރު ރަޟިޔަﷲ ޢަންހާ
  4. އުންމުލް މުއުމިނީން އައްސައްޔިދާ އުންމު ޙަބީބާ ރަޟިޔަﷲ ޢަންހާ
  5. އުންމުލް މުއުމިނީން އައްސައްޔިދާ ޞަފިއްޔާ ބިންތި ޙުޔައްޔު ރަޟިޔަﷲ ޢަންހާ
  6. އުންމުލް މުއުމިނީން އައްސައްޔިދާ ޖުވައިރިއްޔާ ބިންތި އަލްޙާރިޘް ރަޟިޔަﷲ ޢަންހާ
  7. އުންމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ބިންތި އަލްޙާރިޘު ރަޟިޔަﷲ ޢަންހާ
  8. އައްސައްޔިދާ ފާޠިމަތުއް ޒަހްރާއު ރަޟިޔަﷲ ޢަންހާ
  9. އައްސައްޔިދާ އަސްމާއު ބިންތި އަބީބަކުރު ރަޟިޔަﷲ ޢަންހާ
  10. އައްސައްޔިދާ އުންމު ޢަޠިއްޔާ ރަޟިޔަﷲ ޢަންހާ
  11. އައްސައްޔިދާ ޒައިނަބު ބިންތި އަބީ ސަލަމަތު ރަޟިޔަﷲ ޢަންހާ
  12. އައްސައްޔިދާ އުންމު އައިމަން ރަޟިޔަﷲ ޢަންހާ
  13. އައްސައްޔިދާ އުއްމުއްދަރްދާއު ރަޟިޔަﷲ ޢަންހާ
  14. އައްސައްޔިދާ އުއްމު ޝާރިކު ރަޟިޔަﷲ ޢަންހާ
  15. އައްސައްޔިދާ ހައުލާއު ބިންތި ތުވައިތު ރަޟިޔަﷲ ޢަންހާ
  16. އައްސައްޔިދާ ސަހްލާ ބިންތި ސުހައިލު ރަޟިޔަﷲ ޢަންހާ
  17. އައްސައްޔިދާ ޢާތިކާ ބިންތި ޒައިދު ރަޟިޔަﷲ ޢަންހާ
  18. އައްސައްޔިދާ ފާޠިމާ ބިންތު ޤައިސު ރަޟިޔަﷲ ޢަންހާ
  19. އައްސައްޔިދާ ލައިލާ ބިންތި ޤާނިފު ރަޟިޔަﷲ ޢަންހާ

ވިރާޘަތުގެ ޢިލްމުގެ މާހިރާ

  1. އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާ

ވަރިއާއި ގާތުން ކިރުދިނުމުގެ މައްސަލަތަކުގެ ޢާލިމާ

  1. އުއްމުލްމުއުމިނީން އައްސައްޔިދާ އުންމު ސަލަމަތު ރަޟިޔަﷲ ޢަންހާ

ޢިލްމުލް އަސްރާރު އާއި ޝަރީޢަތުގެ މާހިރާއިން

  1. އުއްމުލްމުއުމިނީން އައްސައްޔިދާ އުންމު ސަލަމަތު ރަޟިޔަﷲ ޢަންހާ
  2. އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާ

ވާހަކަދެއްކެވުންތެރިކަމުގެ މާހިރާ

  1. އައްސައްޔިދާ އަސްމާއު ބިންތި ޔަޒީދު ބުނުއްސަކަން

ހަނގުރާމައިގެ މައިދާނުގެ ބަޠަލާއިން

  1. އައްސައްޔިދާ ނުސައިބާ ބިންތި ކަޢުބު ރަޟިޔަﷲ ޢަންހާ
  2. އައްސައްޔިދާ ޚައުލާ ބިންތި އަޒްވަރު ރަޟިޔަﷲ ޢަންހާ

އަތްތެރި މަސައްކަތުގެ މާހިރާއިން

  1. އުއްމުލްމުއުމިނީން އައްސައްޔިދާ ސައުދާ ބިންތި ޒަމްޢަތު ރަޟިޔަﷲ ޢަންހާ
  2. އުއްމުލްމުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝު ރަޟިޔަﷲ ޢަންހާ

އާއްމު ބޭސްވެރިކަމާއި ކަނޑިފާރު ބޭހުގެ މާހިރާއިން

  1. އައްސައްޔިދާ ރުފައިދާ އަސްލަމިއްޔާ ރަޟިޔަﷲ ޢަންހާ
  2. އައްސައްޔިދާ މަޢާޛާ އަލްޣިފާރިއްޔާ ރަޟިޔަﷲ ޢަންހާ
  3. އައްސައްޔިދާ އުމައިމާ ބިންތި ޤައިސު ރަޟިޔަﷲ ޢަންހާ
  4. އައްސައްޔިދާ އުންމު ކަބްޝާ ޤުޟާޢިއްޔާ ރަޟިޔަﷲ ޢަންހާ
  5. އައްސައްޔިދާ އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާ
  6. އައްސައްޔިދާ ޙަމްނާ ބިންތި ޖަޙުޝު ރަޟިޔަﷲ ޢަންހާ
  7. އައްސައްޔިދާ ރުބައްޔަޢު ބިންތި މުއައްވިޛު ރަޟިޔަﷲ ޢަންހާ
  8. އައްސައްޔިދާ އުއްމު މުޠާޢު އަސްލަމިއްޔާ ރަޟިޔަﷲ ޢަންހާ
  9. އައްސައްޔިދާ އުއްމު ޢަޠިއްޔާ ރަޟިޔަﷲ ޢަންހާ
  10. އައްސައްޔިދާ އުއްމު ޒިޔާދު އަސްލަމިއްޔާ ރަޟިޔަﷲ ޢަންހާ

ޝާޢިރާއިން

  1. އައްސައްޔިދާ އުއްމު އައިމަން ރަޟިޔަﷲ ޢަންހާ
  2. އައްސައްޔިދާ ޚަންސާއު ބިންތު ޢަމްރު ރަޟިޔަﷲ ޢަންހާ
  3. އައްސައްޔިދާ ޒައިނަބު ބިންތި ޢައްވާމު ރަޟިޔަﷲ ޢަންހާ
  4. އައްސައްޔިދާ ސަފިއްޔާ ބިންތި އަބްދުލް މުއްޠަލިބު ރަޟިޔަﷲ ޢަންހާ
  5. އައްސައްޔިދާ ޤުތައިލާ ބިންތި އައްނަޟަރު ރަޟިޔަﷲ ޢަންހާ
  6. އައްސައްޔިދާ މައިމޫނާ ބިންތި އަބްދުﷲ ރަޟިޔަﷲ ޢަންހާ
  7. އައްސައްޔިދާ ހިންދު ބިންތި އަޘާޘާ ރަޟިޔަﷲ ޢަންހާ
  8. އައްސައްޔިދާ އުމާމާ އަލްމަޒީދިއްޔާ ރަޟިޔަﷲ ޢަންހާ
  9. އައްސައްޔިދާ ރުޤައްޔާ ރަޟިޔަﷲ ޢަންހާ
  10. އައްސައްޔިދާ ސުޢުދާ ބިންތި ކުރުޒު ރަޟިޔަﷲ ޢަންހާ
  11. އައްސައްޔިދާ ޢާތިކާ ބިންތި ޒައިދު ރަޟިޔަﷲ ޢަންހާ
  12. އައްސައްޔިދާ ކަބްޝާ ބިންތި ރާފިޢު ރަޟިޔަﷲ ޢަންހާ
  13. އައްސައްޔިދާ ނުޢުމް އިމްރައަތު ޝައްމާސު ރަޟިޔަﷲ ޢަންހާ
  14. އައްސައްޔިދާ ހިންދު ބިންތި ޙާރިޘު ރަޟިޔަﷲ ޢަންހާ

ކާތިބާއިން

  1. އައްސައްޔިދާ ޝައްފާއު ބިންތި އަބްދުﷲ ރަޟިޔަﷲ ޢަންހާ
  2. އުންމުލްމުއުމިނީން އައްސައްޔިދާ ޙަފުޞާ ބިންތި އުމަރު ރަޟިޔަﷲ ޢަންހާ
  3. އައްސައްޔިދާ އުއްމު ކުލްޘޫމް ބިންތި ޢުޤުބާ ރަޟިޔަﷲ ޢަންހާ

ވިޔަފާރިވެރީން

  1. އުންމުލްމުއުމިނީން އައްސައްޔިދާ ޚަދީޖަތުލް ކުބުރާ ރަޟިޔަﷲ ޢަންހާ
  2. އައްސައްޔިދާ އަސްމާއު ބިންތި މުޚައްރިބާ ރަޟިޔަﷲ ޢަންހާ
  3. އައްސައްޔިދާ ޙައުލާއު ބިންތި ތުވައިތު ރަޟިޔަﷲ ޢަންހާ
  4. އައްސައްޔިދާ ތަޤްފިއްޔާ ރަޟިޔަﷲ ޢަންހާ
  5. އައްސައްޔިދާ މަލީކާ އުންމުއްސާއިބު ރަޟިޔަﷲ ޢަންހާ

ހުވަފެން ތައުބީރުގެ މާހިރާ

  1. އައްސައްޔިދާ އަސްމާއު ބިންތި ޢުމައިސު ބިން މަޢުދު ރަޟިޔަﷲ

އާދެ، ކުރީންވެސް ދެންނެވިފަދައިން މަތީގައި ބަޔާންކޮށްފައިއެވަނީ ޞަޙާބިއްޔާއިންގެ ތެރެއިން ފާހަގަކޮށްލެވޭފަދަ މަތީދަރަޖައިގެ ބައެއް ބޭކަނބަލުން އެފަންނުތަކަކަށް ވެދެވަޑައިގެން ތިއްބެވި ބައެއް ފަންނުތަކާއި، އެފަންނުތަކުގެ ޞަޙާބިއްޔާއިންގެ ނަންފުޅުތަކުގެ ތެރެއިން މަދު ނަންފުޅުތަކެކެވެ. އިސްލާމްދީނަކީ ދީނާއި، ދައުލަތުގެ ދީންކަމާއި، ޢިލްމާއި، ރަށްވެހިކަމުގެ ހުރިހާ ދާއިރާއެއް ޝާމިލުވެފައިވާ ދީނެއްކަމާއި އަންހެނުންގެ ތަރައްޤީއަށް ބާރުއަޅާ ދީނެއްކަން ބަޔާންކޮށް ދިނުމަށްޓަކައި މިވަރުން ފުދޭކަމަށްބަލައި މިމިންވަރަށް ކުރުކޮށްލަމެވެ.

ބަޠަލުންގެ ނާޞަރީ

އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވިއިރު އެމާތް ސާހިބާގެ ސީދާ ތަރްބިޔަތު ލިބިވޑައިގެންނެވި ޞަޙާބިއްޔާއިންގެ އުނގުފުޅުތައްވެފައިވަނީ ބަޠަލުންގެ ނާސަރީއަކަށެވެ. އެނާސަރީންވަނީ އެހެނިހެން ޤައުމުތައް ހަހުރަ ކުރާ ފަދަ އަބްޠާލުންތަކެއް އުފައްދައިފައެވެ. ޙަސަން ބިން ޢަލީ އާއި، ޙުސައިން ބިން ޢަލީ އާއި، އަބްދުﷲ ބިން ޢުމަރާއި، ޢަބްދުﷲ ބިން ޒުބައިރާއި، ޢަބްދުﷲ ބިން ޢައްބާސާއި، ޢަބްދުﷲ ބިން ޢަމްރު ބުނުލް ޢާސާއި އުސާމާ ބިން ޒައިދު(ރަޟިޔަﷲ ޢަންހުމް) ފަދަ ޢިލްމުވެރި ސިޔާސީ، އަސްކަރީ މާހިރުންނާއި، ޢުމަރު ބުން އަބްދުލްޢަޒީޒު ފަދަ ސިޔާސީންނާއި، މުޙައްމަދު ބުނު ޤާސިމާއި، ޢަޤަބަތު ބުނު ނާފިޢާއި، ތާރިޤު ބިން ޒިޔާދާއި، މޫސާ ބިން ނަސީރުއާއި ޤުތައިބާ ބިން މުސްލިމު ރަޙިމަހުމުﷲ ފަދަ ޢަސްކަރީ ބަތަލުން އެ ނާސަރީން ވަނީ ތަރްބިޔަތުވެފައެވެ.

އިސްލާމީ ތާރީޚާމެދު ލިޔުއްވައިފައިވާ ބޭރުގެ މުއައްރިޚުންވެސް ވަނީ މިޙަޤީޤަތަށް އިއުތިރާފުވެވަޑައިގެންފައެވެ.

ޕްރޮފެސަރ ފިލިޕްހިއްޓީ އޭނާގެ ފޮތެއް ކަމުގައިވާ "ޢަރަބީންގެ ތާޜީޚު"ގައި ލިޔުއްވައިފައިވެއެވެ.

After the death of the Prophet sterile Arabia seems to have been converted as if by magic into a nursery of heroes the like of whom both in number and quality is hard to find anywhere.

P.K Hitti, History of Arabs (1979) p. 142

އިސްލާމްދީނުގެ ނަބިއްޔާ ސުވަރުގެ ވަޑައިގަތުމަށްފަހު ހީވީ ޢަރަބިކަރައިގެ ގަސްގަހާގެހި ނެހެދޭ ބިން ޖާދޫގެ ޒަރީޢާއިން، ބަޠަލުންގެ ނާސަރީއަކަށް ބަދަލުކޮށްލެވުނުހެންނެވެ. ޢަދަދާއި ބާވަތަށް ބެލިކަމުގައިވިޔަސް އެހެން އެއްވެސް ތަނަކުން ހޯދުން އުނދަގޫވާފަދަ އަބްޠާލުންނެވެ.

އިސްލާމީފިކުރު އަލުން ދިރުވުން

އިސްލާމީ ވަޙްދަތު ޤާއިމުކޮށް އިސްލާމީ ފިކުރުމަތިވެރިކުރުމަށްޓަކައި އަލުންވެސް ބޭނުންވަނީ މުސްލިމު މަންމައިން ބަޠަލުންގެ ނާސަރީއަކަށްވެ ވަޑައިގެންނެވުމެވެ. ދުނިޔޭގައި އިސްލާމީ ފިކުރު މަތިވެރިކުރުމަކީ، ފިކުރީ ނިޒާމެއްގެ މައްޗަށް އެއަށްވުރެ ފުރިހަމަ ފިކުރީ ނިޒާމެއް ނެރެ ކުރިއެރުވުމެވެ. ޝައްކެއްނެތްގޮތުގައި މިއީ ފަސޭހަ މަސައްކަތެއްނޫނެވެ. މިއިލްހާދުގެ ދައުރުގައި މި މަތިވެރި އަމާޒަށް ވާސިލްވެވޭނީ އުންމަތުގެ މަންމައިން އެކަމަށް ކަމަރު ބަންނަވައިގެންނެވެ. އެމަންމައިންގެ އުނގުފުޅުތަކަކީ ބަޠަލުންގެ ނާސަރީތަކަށް ހައްދަވައިގެންނެވެ. ކުރީގެ ޝިރުކުގެ ދައުރުގައި އުންމަތުގެ މަންމައިން ކުރެއްވި މަސައްކަތްޕުޅު މިއަދުގެ މުސްލިމު މަންމައިން އަލުން ތަކުރާރުކުރައްވައިގެންނެވެ.

ކުރިޔަށް އޮތްތާނގައި އަޅުގަނޑު މަސައްކަތްކުރާނީ މުސްލިމު މަންމައިން ބަތަލުންގެ ނާސަރީތަކަކަށް ވެވަޑައިގަތުމަށްޓަކައި ހޯއްދެވި ތަރްބިޔަތުގެ މައްޗަށް އަލިއަޅުވައިލުމަށެވެ. ކުރީން ލިޔެފައިވާ ބައެއް ލިޔުންތަކުގެ ހިރަފުސް ފޮޅައިފައި އަލުން ހުށަހަޅަމުންގެންދިޔުމަށެވެ.

ޝައްކެއްނެތެވެ. މިއުންމަތުގެ އަންހެންދަރީން މިމަތިވެރި ޚިދުމަތް ބޮލަރުވައިގެން ތެދުވެވަޑައި ނުގަންނަވާހައި ހިނދަކު އަޅުގަނޑުމެންގެ ރަށްރަށާއި، އަވަށްއަވަށާއި، ޢިމާރާތްތައް ދާނީ އަނދައި އަޅިޔަށްވަމުންނެވެ. ރޮހިންގިޔާ މުސްލިމުންގެ ރުއިމަކަށް ހުއްޓުމެއް ނާންނާނެއެވެ. އަލްމަސްޖިދުލް ޢަޤްޞާ ކުރާ ފަރިޔާދަކަށް ނިމުމެއް ނާންނާނެއެވެ. އިސްލާމީ އުންމަތުން ސަލާހުއްދީނުލް އައްޔޫބީއެއް، މުޙައްމަދު ބިން ޤާސިމެއް، ޤުތައިބާ ބިން މުސްލިމެއް، ޠާރިޤު ބިން ޒިޔާދެއް، ދަރުމަވަންތަ ރަދުންނެއް، ގަޑަނާދީއްތަ މަހާރަދުންނެއް، މުޙައްމަދު ތަކުރުފާނެއް، ބޮޑުރަސްގެފާނެއް، އިސްކަންދަރު މަހާރަދުންނެއް، ދޮންހަސަންމަނިކެއް، ޝަހީދުކުރި ބަންޑާރައިންނެއް ތެދުވެވަޑައެއް ނުގަންނަވާނެއެވެ.

comment ކޮމެންޓް