ވީއެޗް ހޯލްޑިންސްގެ "މޫވެންޕިކް" އައިސްކްރީމް އެފްއެންބީ ޝޯއަށް

މޫވެންޕިކް އައިސްކްރީމް --

ފުޑް އެންޑް ބެވަރޭޖްސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހައިރައިޒްއިން ބާއްވާ އެފްއެންބީގެ މިއަހަރުގެ ޝޯގައި ވީބީ ބްރަދާސްގެ ސަބްސިޑަރީ ކުންފުނި، ވީއެޗް ހޯލްޑިންސް އިން ބައިވެރިވެއްޖެ އެވެ.

އެ ކުންފުނީގެ ސޭލްސް އެކްޒެކެޓިވް، އަހުމަދު ޔޫމާން ވިދާޅުވީ އެފްއެންބޯ ޝޯގައި އެ ކުންފުނިން ޕްރޮމޯޓު ކުރާނީ "މޫވެންޕިކް" އައިސް ކްރީމް ކަމަށެވެ. އެ އައިސްކްރީމަކީ ސްވިޒަލޭންޑުގެ ބްރޭންޑެކެވެ. އަދި އެ ބްރޭންޑުގެ އައިސްކްރީމުގައި އެއްވެސް އާޓިފިޝަލް ފްލޭވަރިންއެއް ބޭނުން ނުކުރެއެވެ.

މިދިޔަ އަހަރު ތައާރަފުކުރި ހައިރައިޒްގެ ފުޑް އެންޑް ބެވެރެޖަސް ޝޯގެ ދެވަނަ މައުރަޒު އޮންނާނީ މޭ މަހުގެ 18، 19 އަދި 20 ވަނަ ދުވަހު ނޭޝަނަލް އާޓް ގެލެރީގައެވެ.

ހައިރައިޒުން ލަފާކުރާ ގޮތުގައި، އެފްއެންޑްބީ ދާއިރާގައި މަސައްކަތްކުރާ، ގާތްގަނޑަކަށް 30 ފަރާތަކުން މި ޝޯގައި މިއަހަރު ބައިވެރިވާނެއެވެ. މިހާތަނަށް ފަސް ކުންފުންޏަކުން ވަނީ އެ ޝޯގައި ބައިވެރިވެފައެވެ.

އެފްއެންޑްބީ ޝޯގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ލޮޓަސް ފިހާރަ އަދި އޮންދިގޯ މޯލްޑިވްސް ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް