އަދި ކައިވެންޏެއް ނުކުރަން: ކަޕިލް ޝަރްމާ

ކަޕިލް އާއި އޭނާގެ ލޯބިވެރިޔާ ގިނީ --

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ކައިވެނި ކޮށްގެން އުޅޭކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ކަޕިލް ކައިވެނި ކޮށްގެން އުޅޭ ކަމަށް ބުނެ ވާހަކަތައް ދެކެވެން ފެށީ، ފުރަތަމަ ފަހަރަށް އޭނާގެ ލޯބިވެރިޔާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރި ހިސާބުންނެވެ.

ޚަބަރުތައް ބުނާ ގޮތުން ކަޕިލް އާއި ބަވްނީތު ޗަތުރާރްތު (ގިނީ)، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ. ނަމަވެސް ކަޕިލް ވަނީ އެ ގުޅުން ސިއްރުކޮށްފަ އެވެ.

ގިނީ އާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކޮށް، އެ ގުޅުމަށް އެއްބަސްވުމުން އެއްބަޔަކު ވަނީ ދެމީހުން މިހާރު ވެސް ކައިވެނި ކޮށްގެން އުޅޭކަމަށް ބުނެފަ އެވެ.

"މީހުން އަހަރެން ދައްކާ ވާހަކަ ގަބޫލު ނުކުރަނީ ކީއްވެ ކަމެއް ނޭނގެ. ގިނީ އަކީ އަހަރެންގެ ލޯބިވެރިޔާ. އަހަރެން ގިނީ އާ ކައިވެނި ކުރާނަން،" ކަޕިލް ބުނެފައިވެ އެވެ.

ކަޕިލް ބުނީ ދެމީހުން އެކަކު އަނެކަކު ދަންނަތާ މިހާރު 10 އަހަރު ވެފައިވާ ކަމަށާއި، ގިނީގެ ކޮލެޖުގައި އޭނާ ސްޓޭންޑް އަޕް ކޮމިޑީ ކުރިއަށް ގެންގޮސްފައި ވާނެ ކަމަށެވެ.

ގިނީ ދެކެ ފުރަތަމަ ލޯބިވީ އޭނާ ކަމަށާއި، ނަމަވެސް މިހާރު ކަޕިލްގެ މަންމަ ވެސް ގިނީ ދެކެ ލޯބިވާ ކަމަށާއި، ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރީ މަންމަގެ ލޯބި ލިބުމުން ކަމަށް ކަޕިލް ވަނީ ބުނެފަ އެވެ.

ކަޕިލް ބުނީ އަންނަ އަހަރުގެ ޖެނުއަރީގައި ދެމީހުން ކައިވެނި ކުރަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް