އިސްލާމީ މަރުކަޒު ސަރަހައްދުގައި އާ މާބުލް ޖަހައި ނިންމާލައިފި

އިސްލާމީ މަރުކަޒު ސަރަހައްދުގައި އައު މާބުލް ޖަހާފައި --- ފޮޓޯ/ މިނިސްޓަރު މުއިއްޒު

އިސްލާމީ މަރުކަޒު ސަރަހައްދުގައި އާ މާބުލް ޖަހައި ނިންމާލައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ އިސްލާމީ މަރުކަޒު ސަރަހައްދުގައި މާބުލް ޖަހާފައިވާ ސަރަހައްދުގެ ފޮޓޯތަކެއް ހިމަނައި ޓްވީޓުކޮށްފައެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިސްލާމީ މަރުކަޒު ސަރަހައްދުގައި މާބުލް ޖަހައި ނިންމާލާފައިވަނި މިދިޔަ އަހަރުގެ ރަމަޟާން މަހަށެވެ. ނަމަވެސް އެ މާބުލްތަކުގެ މަތީގައި ހުރި، ބިއްލޫރި ފަށަލައިގައި ރެނދުލައި ވަނީ ފުޅިތޮށިތައް ނެއްޓިފައެވެ.

އިސްލާމީ މަރުކަޒުގެ ހަރިންމައަށް ވާ ސަރަހައްދުގައި ޖަހާފައިވާ މާބްލްސްތަކުގައި ރެނދުލާފައި -- ސަން ފައިލް ފޮޓޯ: އަހްމަދު މުޖްތަބާ

އެކަމާ ގުޅިގެން މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ، އިސްލާމީ މަރުކަޒު ސަރަހައްދުގައި މާބްލް ޖަހާފައި ހުރި ނަމަވެސް، އެކަން ކޮށްފައިވަނީ މިނިސްޓްރީން ބޭނުންވި ފެންވަރަށް ނޫން ކަމަށާއި، ޓައިލްސް ސަޕްްލައިކޮށްދިން ފަރާތުންވެސް އެކަން ގަބޫލުކުރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ، ސަރުކާރުން ހަރަދެއް ނުކޮށް މާބުލް ޓައިލްސްތަކުގެ ޕެޓާން ހުރި ހިސާބު ނައްޓައި، އެތަނުގައި ޖަހަންޖެހޭ ފެންވަރުގެ ތަކެތި ފޮނުވާފައިވަނީ ކުރިންވެސް ޓައިލް ސަޕްލައި ކުރި ފަރާތުން ކަމަށެވެ.

comment ކޮމެންޓް