ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއިން ޝައުގުވެރިކަން ފާޅުކޮށްފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް --- ފޮޓޯ/ ކުޅުދުއްފުށި ލައިވް

ގިނަ ދިވެހިން ފަރުވާ ހޯދަމުން އަންނަ އިންޑިއާގެ ނިމްސް ހޮސްޕިޓަލުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް "ސަން"އަށް މިއަދު ވިދާޅުވީ ނިމްސްއިން ހުށަހެޅި ހުށައެޅުންތައް ބަލައި، މަޝްވަރާ ކުރަމުންް އަންނަ ކަމަށާއި ބަންޑަރަ ނައިބުގެ ލަފައަކަށް އެ ހުށަހެޅުން ފޮނުވާފައިވާ ކަމަށެވެ.

"އެގްރިމެންޓްގައި ހުރި ކަންތައްތަކާއި މަޝްވަރާ ކުރަމުން މިގެންދަނީ، ތަފްސީލް ފަހުން ހާމަކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާގެ ހައިދަރު އާބާދުގައި ހިންގާ ނިމްސް ހޮސްޕިޓަލް--

ނިމްސްއިން ހުށަހަޅާފައިވާ ކަންކަމުގެ ތަފްސީލެއް މިނިސްޓަރު އަދި ހާމައެއް ނުކުރެއެވެ.

މިހާރު 55 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ނިމްސް އަކީ އިންޑިއާގެ ގިނަ ސުޓޭޓެއްގައި ހިންގަމުން އަންނަ މަތީފަންތީގެ ހޮސްޕިޓަލެކެވެ. ބޮޑެތި ބަލިތަކަކަށް އެ ހޮސްޕިޓަލްއިން ފަރުވާދެއެވެ.

އުތުރުގެ މައި ހޮސްޕިޓަލަށް ނިމްސްއިން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ޗަންޕާ އާއިލާއިން އަންނަނީ ހުޅުމާލޭގައި ތްރީ ޓޮޕް ހޮސްޕިޓަލެއް އަޅަމުންނެވެ. އަދި އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ހެދުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް