'ދަންގަލް' އިން އާމިރަށް 175 ކުރޯރު!

ދަންގަލް ގެ މަންޒަރެއްގައި އާމިރު: އެ ފިލްމުން އޭނާ އަށް 175 ކުރޯރު ލިބިފައިވާ ކަމަށް ޚަބަރުތައް ބުނޭ --

މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރި ބްލޮކްބަސްޓަރ ފިލްމު 'ދަންގަލް' އިން ކުޅަދާނަ އެކްޓަރު އާމިރު ޚާނަށް 175 ކުރޯރު ރުޕީޒް ލިބިފައި ވާކަމަށް ޚަބަރުތައް ބުނެފި އެވެ.

އެ ފިލްމަށް މިހާތަނަށް ވަނީ އިންޑިއާ އާއި އެ ގައުމުން ބޭރުން 532 ކުރޯރަށް ވުރެ ބޮޑު އާމްދަނީ އެއް ލިބިފަ އެވެ.

އެ ފިލްމުން އާމިރަށް އެހާ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ ޑިޒްނީ އާއި ޔޫޓީވީ އާއެކު އެ ފިލްމު ޕްރޮޑިއުސް ކުރުމަށް އެއްބަސްވި ފައިދާ ހިއްސާ ކުރުމުގެ ޕާޓްނަރޝިޕްގެ ސަބަބުންނެވެ.

އެ ފިލްމުގައި އާމިރުގެ 33 ޕަސެންޓު ހިއްސާ ހިމެނޭ އިރު، ސެޓެލައިޓު ރައިޓްސް ހިމަނައިގެން، ކުރިއަށް އޮތް ތާނގައި އެ ފިލްމަށް ލިބޭ އާމްދަނީގައި އާމިރުގެ 33 ޕަސެންޓު ހިއްސާ ހިމެނޭނެ އެވެ.

'ދަންގަލް' ވަނީ އާމިރުގެ 'ޕީކޭ' ފަހަތަށް ޖައްސާލުމަށް ފަހު މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމުގެ ރެކޯޑު ހަދައިފަ އެވެ.

comment ކޮމެންޓް