އައްޑޫގައި އެކްސިޑެންޓްވި ޒުވާނާ ނިޔާވެއްޖެ

އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގެ ތެރޭން. ފޮޓޯ: ކިޔުންތެރިއެއް

އައްޑޫ ސިޓީގެ މަރަދޫ ސަރަހައްދުން، ލިންކް ރޯޑުގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި އަނިޔާތަކެއް ލިބުނު ޒުވާނާ ރޭ ނިޔާވެއްޖެ އެވެ. އެކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓްގައި ބޮލަށް ސީރިއަސް ޒަހަމްތަކެއްވި، 29 އަހަރުގެ އެ ޒުވާނާ ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އެ އެކްސިޑެންޓްގައި ޒަހަމުވި ޒުވާނާ އަށް ފުރަތަމަ ފަރުވާ ދިނީ ހިތަދޫ ރީޖިނަލް ހޮސްޕިޓަލުގަ އެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ވަނީ އޭނާ އައިޖީއެމް ހޮސްޕިޓަކަށް ގެނެސް އައިސީޔޫގައި ފަރުވާ ދޭން ފަށައިފަ އެވެ.

އައްޑޫގެ މަސްދަރުތަކުން ބުނާ ގޮތުގައި އެ އެކްސިޑެންޓްގައި އެ ޒުވާނާގެ ބޮލަަށް ޒަހަމުތަކެއް ލިބުނީ، މަރަދޫ ހިސާބުން ލިންކް ރޯޑްގެ ތާރުގަނޑު ކަނޑައިގެން ގޮސްފައިވާ ތަނަކަށް ވެެއްޓިގެންނެވެ. އޭނާ ވެއްޓުމާ އެކު ބޯ ފަޅައިންގެން ގޮސް ވަރަށް ގިނަ އަދަދަކަށް މަގުމައްޗަށް ލޭ އެޅިފައި ހުރި ކަމަށް ވެސް މަސްދަރުތަކުން ބުންޏެވެ.

comment ކޮމެންޓް