އައިޝްވާރްޔާގެ ބައްޕަ މަރުވެއްޖެ

ރީތީގެ ރާނީ އައިޝްވާރްޔާ ރާއީ އަދި އޭނާގެ ބައްޕަ ކްރިޝްނާރާޖް ރާއި. އައިޝްވާރްޔާ ރާއިގެ ބައްޕަ މަރުވެފައި ވަނީ ސިއްހީ ހާލު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް -- ފޮޓޯ: ޕީޓީއައި

ރީތީގެ ރާނީ އަދި ބޮލީވުޑުގެ ބަތަލާ އައިޝްވާރްޔާ ރާއި ބައްޗަންގެ ބައްޕަ މިއަދު މެންދުރު މަރުވެއްޖެ އެވެ.

އައިޝްވާރްޔާގެ ބައްޕަ ކްރިޝްނާރާޖް ރާއި މަރުވެފައި ވަނީ ސިއްހީ ހާލު ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ފަހުން ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ކްރިޝްނާރާޖް މަރުވި އިރު އަންބަކާއި ދެކުދިން ދުނިޔޭގައި އެބަތިއްބެވެ.

comment ކޮމެންޓް