ވެސްޓް ބްރޮމް އަތުންވެސް އާސެނަލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާރ ލީގުގައި އާސެނަލްއާ ވެސްޓް ބޮރޮމް ބައްދަލުކުރި މެޗުގެ ތެރެއިން:ފޮޓޯ/ ބީބީސީ

އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު ރަށުން ބޭރުގައި ވެސްޓް ބޮރޮމް އާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ.

މިއަދު ހަވީރު ވެސްޓް ބްރޮމް ދަނޑުގައި ކުޅުނު މިމެޗުން އާސެނަލް ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރޭން އެޓީމު ބަލިވި ހަތަރުވަނަ މެޗެވެ. އޭގެ ތެރޭގައި ވޮޓްފޯޑް، ޗެލްސީ އަދި ލިވަޕޫލް ހިމެނެއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ވެސް ވެސްޓްބޮރޮމް އިންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރެއިގް ޑޯސަންއެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ވެސްޓް ބްރޮމްއަށް ލިބުނު ހިލޭ ޖެހުމަކުންނެވެ.

ޑޯސަން ލަނޑެއް ކމިިޔާބު ކުރިތާ ތިން މިނިޓް ފަހުން މެޗުގެ 15 ވަނަ މިނިޓްގައި އާސެނަލްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނަޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ. މިއީ ސަންޗޭޒް މި ސީޒަންގެ ޕްރިމިއަރ ލީގުގައި ކާމިޔާބު ކުރި 18 ވަަނަ ގޯލެވެ.

މިނަތީޖާއާ އެކު ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފް ފެށިގެން މެޗުގެ 55 ވަނަ މިނިޓްގައި ވެސްޓްބްރޮމްއިންވަނީ އަނެއްކާވެސް މެޗުގެ ލީޑު ނަގައިފައެވެ. އެ ލަނޑު އެޓީމަށް ކާމިިޔާބު ކޮށްދިނީ 54 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުން ކުޅެން އެރި ހަލް ރޮބްސަން ކާނޫ އެވެ.

ވެސްޓް ބްރޮމްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ކްރެއިގް ޑޯސަންއެވެ.

މިރޭގެ މެޗުގައި އާސެނަލްގެ ކީޕަރު ޕީޓަރ ޗެކަށް ވަނީ އަނިޔާވެގެން ފުރަތަމަ ހާފުގައި ބަދަލުކޮށްފައެވެ.

މިރޭ ވެސްޓް ބްރޮމް އަތުން އާސެނަލް ބަލިވިއިރު އެޓީމު މިވަގުތު ލީގު ތާވަލްގައި އޮތީ 27 މެޗުން ލިބުނު 50 ޕޮއިންޓާ އެކު ފަސް ވަނައިގައެވެ. ވެސްޓް ބްރޮމް އޮތީ 43 ޕޮއިންޓާ އެކު ލީގު ތާވަލްގެ އަށްވަނައިގައެވެ.

comment ކޮމެންޓް