ބަނޑިދޫ ދޯންޏަކުން 28 ކިލޯގެ މާވަހަރެއް ހޮވައިފި

ބަނބިދޫ "ނަސްރު" ދޯނިން ހޮވި މާވަހަރު ---

ދ. ބަނޑިދޫ "ނަސްރު" ދޯނިން 28 ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.

އެ ދޯނީގެ ވެރިފަރާތް، މަހްމޫދު އިސްމާއީލް 'ސަން' އަށް ބުނީ، އެ މާވަހަރު ހޮވާފައިވަނީ މިދިޔަ ހަފްތާގައި ކަމަށާއި، އެއީ މާވަހަރެއްކަންވެސް ކަށަވަރުވެފައިވާ ކަމަށެވެ.

"މާވަހަރެއްކަން ޔަގީންކޮށްފި މިހާރު. އޭގެން އެތިކޮޅެއް ހިފައިގެން ލަންކާއަށް ގޮސް ޓެސްޓުކޮށްވެސް ހަދައިފި،" މަހްމޫދު ބުންޏެވެ.

އޭނާ ބުނީ، އެ މާވަހަރު ހޮވާފައިވަނީ ހއ. އަތޮޅާ ދިމާލު ބޭރުން ކަމަށެވެ.

މާވަހަރާއި ދޯނިވެސް މިހާރު އޮތީ ބަނޑިދޫގައި ކަމަށާއި، މާވަހަރު ވިއްކާލުމާ ގުޅޭ ގޮތުން ވަކިގޮތެއް އަދި ނުނިންމާ ކަމަށް މަހުމޫދު ބުންޏެވެ. އެކަން ނިންމާނީ ދޯނީގެ ކައްޕިއާއި އެ ދޯނީގައި އުޅޭ މީހުން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ދޯނި ކަމަށް ވިޔަސް، އަޅުގަނޑެއް ނޫން އެކަން ނިންމާނީ. އެ ދޯނީގައި އަޅުގަނޑުގެ ދަރިން ގިނައިން އުޅޭނީ. ކައްޕިއާއި އެކުދިންނަށް ފެންނަ ރަނގަޅު ގޮތަކަށް ގެންދިޔައީމަ އަޅުގަނޑަށް އެންމެ ރަނގަޅު،" މަހުމޫދު ބުންޏެވެ.

މަހުމޫދުގެ ދޯނިން ހޮވި މާވަހަރަކީ ކޮން ބާވަތެއްގެ މާވަހަރެއްކަން ބުނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް