ގުލްޝަން ކުމާރުގެ ބަޔޮޕިކްގައި ފެނިގެންދާނީ އަކްޝޭ!

ޓީސީރީޒް މިޔުޒިކް ލޭބަލްގެ ބާނީ ގުލްޝަން ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމަށް ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު އާނ ބަސް ބުނެފި އެވެ.

އަކްޝޭ އަކީ ކޮންމެ ކޮންމެ ފިލްމަކަށް އެއްބަސްވާ ފަންނާނެއް ނޫނެވެ. ނަމަވެސް ގުލްޝަން ކުމާރުގެ ބަޔޮޕިކް 'މޮގުލް' އަށް އަކްޝޭ އެއްބަސްވެފައި މިވަނީ ފިލްމުގެ ސްކްރިޕްޓު ވަރަށް ބޮޑަށް ކަމުދިއުމުންނެވެ.

މިއަދު ވަނީ 'މޮގުލް' ގެ ފަސްޓް ލުކް ދައްކާލައިފައެވެ. ރަން ކުލައިގެ ބެކްގްރައުންޑެއްގައި އަކްޝޭގެ ހިޔަނީގެ އައުޓްލައިން ފެންނަ އިރު، ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ދަމައިގެންފައެވެ.

ސުބާޝް ކަޕޫރު ޑައިރެކްޓު ކުރާ އެ ފިލްމުގެ ލީޑު ރޯލަށް އަކްޝޭ ހަމަޖައްސާފައި ވާއިރު، އަކްޝޭގެ ފުރަތަމަ ފިލްމު 'ސޯގަންދު' ގައި ގުލްޝަން ކުމާރު އާއެކު މަސައްކަތް ކޮށްފައިވެ އެވެ.

ގުލްޝަން ކުމާރުގެ ހަޔާތުގެ ކަންކަން ހޯދަން ވެސް ގިނަ ބަޔަކު ޝައުގުވެރިވެ އެވެ. މިއީ ގުލްޝަން ކުމާރުގެ ފިރިހެން ދަރިފުޅު ބުޝަން ކުމާރުގެ ވަރަށް ބޮޑު ހުވަފެނެކެވެ. ބައްޕަގެ ބަޔޮޕިކް ޕްރޮޑިއުސް ކުރާނީ ވެސް އޭނާ އެވެ.

comment ކޮމެންޓް