ބ. އަތޮޅުގެ ބޮޑު ފުޓްސަލް މުބާރާތުގެ ތަށި ފެއިމްސް ޔުނައިޓެޑަށް

ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ތެރެއިން-- ފޮޓޯ/އޭދަފުށީ ކުލަބު ދަ ބިގިނާސް

ބ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ފެއިމްސް ޔުނައިޓެޑުން ހޯދައިފިއެވެ.

ފެއިމްސް ޔުނައިޓެޑުން މުބާރާތް ކާމިޔާބު ކުރީ އިއްޔެ ހަވީރު ބ. އޭދަފުށީގައި ކުޅުނު ފައިނަލު މެޗުގައި 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިރުމަތި ލަވާސް ބަލިކޮށްގެންނެވެ.

ފޯރި ގަދަކޮށް ދިޔަ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އަދި ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ މުބާރާތުަގައި މޮޅު ކުޅުމެއްދެއްކި، ޗެމްޕިއަން ޓީމު ފެއިމްސް ޔުނަައިޓެޑްގެ އިޝާން އިބްރާހިމްއެވެ.

އެ މުބާރާތުގެ މޮޅު ކޯޗަކަށް އިރުމަތި ލަވާސްގެ ކޯޗް އަފްހަމް ރަޝީދު ހޮވުނުއިރު ފެއާ ޕްލޭ ޓީމަކީ ކިހާދު މޯލްޑިވްސްއެވެ.

ބ. އެޓޯލް ޔުނިޓީ ޗެލެންޖްގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ އަޔާޒް އަހުމަދެވެ. އޭނާވަނީ ނުވަ ގޯލް ކާމިޔާބުކޮށްފައެވެ.

ބ. އެޓޯލް ޔުނީޓީ ފުޓްސަލް ޗެލެންޖް 2014 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދަމުންދާއިރު މި މުބާރާތަކީ ބ. އަތޮޅުގެ ރިސޯޓްތަކާއި އެ އަތޮޅުގެ ރަށްރަށުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ މުބާރާތެކެވެ. މި މުބާރަތް އިންތިޒާމް ކުރަނީ އޭދަފުށީ ކުލަބު ދަ ބިގިނާސުންނެވެ.

comment ކޮމެންޓް