އާމިރު އާއެކު ދެވަނަ ފިލްމެއްގެ މަސައްކަތެއް ނުކުރަން: ފާތިމާ ސަނާ ޝެއިޚް

މިދިޔަ ޑިސެމްބަރު ގައި ރިލީޒް ކުރި ސުޕަހިޓް ފިލްމު 'ދަންގަލް' ގައި އާމިރު ޚާންގެ ދޮށީ އަންހެން ދަރިފުޅުގެ ރޯލުން ފެނިގެން ދިޔަ ފާތިމާ ސަނާ ޚާން، އާމިރު އާއެކު އިތުރު ފިލްމެއްގެ މަސައްކަތް ނުކުރާ ކަމަށް ބުނެފި އެވެ.

ފާތިމާ މިހެން ބުނެފައި ވަނީ އާމިރުގެ ކުރިއަށް އޮތް ފިލްމު، 'ތަގްސް އޮފް ހިންދުސްތާން' ގައި އޭނާ ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނަން ފެށުމުންނެވެ.

"އަހަރެން ކީކޭ ބުނާނީ؟ އަހަންނަށް އެނގެނީ ހަމައެކަނި އެ ނަން ކިޔާ ފިލްމެއް އުފައްދަން އުޅޭ ކަން،" ފާތިމާ ބުންޏެވެ.

ފާތިމާ ބުނީ ނަމަވެސް އެ ފިލްމުން ރޯލެއް ލިބުމަކީ އޭނާ ވަރަށް އުފާވާނެ ކަމެއް ކަމަށާއި، ހުށަހެޅުމެއް ލިބިއްޖެ ނަމަ އެއްބަސްވާނެ ކަމަށެވެ.

އޭގެ އިތުރުން އެ ފިލްމަށް ހަށިގަނޑު ހިއްކަން ވެސް އާމިރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

'ތަގްސް އޮފް ހިންދުސްތާން' އަކީ ޔަޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސް ކުރާ އަދި 'ދޫމް 3'ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާ ޑައިރެކްޓު ކުރާ ފިލްމެކެވެ.

މި މަހު ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވާއިރު ފިލްމުގައި އާމިރުގެ އިތުރުން އާމީތާބް ބައްޗަން ވެސް ފެނިގެން ދާނެ އެވެ. މިއީ އާމިރު އަދި އަމީތާބް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ދިވާލީގައެވެ.

comment ކޮމެންޓް