ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވެގެން ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ސ.މަރަދޫ "އޮއިވަރު" ނަމަކަށް ކިޔާ މި ދޯންޏާއި އެންމެ ފަހުން ގުޅިފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އޭރު މިދޯނި އަންނަނީ މަސް ބޭނުމަށް ރާއްޖޭގެ އުތުރަށް ދަތުރު ކުރަމުން ކަމަށް ވެސް ދޯނީ ގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތުދެ އެވެ. 13 ދިވެހިންނާއެކު މަސްވެރިކަމު ނިކުތް މި ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މަޢުލޫމާތު ލިބިފައި ވަނީ މިއަދު 16:10 ހާއިރުއެވެ.
78 ފޫޓުގެ މި ދޯނީގެ ބޭރުގައި ހުދުކުލައިގެ ދަވާދު ލާފައިވާ ކަމާއި ދޯނީގެ ގެ ގަނޑުގައި ފެހި ކުލައިގެ ދަވާދު ލާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތުލިބިފައި ވެއެވެ.
ެއެ އުޅަނދާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ.