އެޑިއުކޭޝަން މިނިސްޓްރީއަށް ނައިބެއް ހަމަޖައްސައިފި

އެޑިއުކޭޝަން މިނިސްޓްރީގެ، މިނިސްޓަރުގެ ނައިބުގެ މަގާމަށް ހަމަޖެއްސި އާއިޝަތު ހުޝާމާ -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ އަނބިކަނބަލުންނަށް އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމު ދެއްވައިފި އެވެ.

މާލެ ދަފްތަރު ނަންބަރު 4194، އާއިޝަތު ހުޝާމާއަށް އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުކަން ދިނީ މިއަދު އެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ އެ މަގާމަށް ހުޝާމާ އައްޔަން ކުރެއްވިއިރު އެޑިއުކޭޝަން މިނިސްޓްރީގައި 10 ނައިބުން ތިއްބަވައެވެ.

މިއަހަރު ނިމުނުއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް އަރަ އެވެ.

comment ކޮމެންޓް