ލަންކާގެ އެޑިއުކޭޝަން މިނިސްޓަރު ރާއްޖެއަށް ދަތުރުފުޅެއް ކުުރައްވައިފި

ސްރީލަންކާގެ އެޑިއުކޭޝަން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ---

ސްރީލަންކާގެ އެޑިޔުކޭޝަން މިނިސްޓަރު އަކީލާ ވިރާޖް ކަރިޔަވާސަމް ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމްއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

އެ މަޝްވަރާ ބައްދަލުވުމަކީ ރާއްޖޭގައި ދޭ ތައުލީމުގެ ފެންވަރު މަތިކުރުމާ ބެހޭގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެ ބައްދަލުވުމުގައި ޓީޗަރުންނާއި ސްކޫލުތަކުގެ ޕްރިންސިޕަލުން ތަމްރީނު ކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީނުކުރާ ޕްރޮގްރާމްތައް ވެސް ކުރިޔަށް ގެންދާނެކަން ފާހަގަކުރެއްވި އެވެ.

މިއީ ދިވެހިރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ 2008 ވަނަ އަހަރު ތަޢާރުފުވިފަހުން ސްރީލަންކާގެ ތަޢުލީމާ ބެހޭ ވަޒީރަކު ރާއްޖެ ވަޑައިގެންނެވި ފުރަތަ ފަހަރުކަން ފާހަގަ ކޮއްލެވެއެވެ.

އެ ބައްދަލުވުމުގައި، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ ސްރީލަންކާއިން ރާއްޖެއަށް ވަމުންދާ އެހީތަކަށް ވެސް އަލި އަޅުވާލައްވައިފައެވެ. މިގޮތުން ލަންކާއަކީ، ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް އިސްލާމް އަދި ގުރުއާން، މި ދެ މާއްދާ ކިޔެވޭނެ ގޮތް ހަމަޖައްސަވާ ދެއްވި ފުރަތަމަ ގައުމުކަން ވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އެ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށާއި ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސްރީލަންކާގެ އެޑިޔުކޭޝަން މިނިސްޓަރު ރާއްޖެ ވަޑައިގަތީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އެ މަނިކުފާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

comment ކޮމެންޓް