ސީއެންއެންގެ ޑޮކިއުމެންޓްރީއެއްގައި ޕްރެޒެންޓަރު އިންސާނެއްގެ ސިކުނޑި ކެއި މައްސަލަ ހޫނުވެއްޖެ

އަންދާފައިވާ އިންސާނެއްގެ އަޅި އަސްލާންގެ މޫނުގައި ހާކާ މަންޒަރު ޑޮކިއުމެންޓްރީން ފެނިގެންދޭ -- ފޮޓޯ: ސީއެންއެން

ދުނިޔޭގެ ތަފާތު ދީންތަކާ ބެހޭ ގޮތުން ސީއެންއެންއިން ހަދާ ޑޮކިއުމެންޓަރީއެއްގައި އެ ޕްރޮގްރާމުގެ ޕްރެޒެންޓަރު ރެޒާ އަސްލާން އިންސާނެއްގެ ސިކުނޑި ކެއި މައްސަލަ ހޫނުވެއްޖެ އެވެ.

'ބިލީވާސް' ނަމަކަށް ކިޔާ ޑޮކިއުމެންޓަރީގެ ފުރަތަމަ އެޕިސޯޑު ހާއްސަކޮށްފައި ވަނީ ހިންދޫ ދީނުގެ ވަކި ބައެއް ކަމަށްވާ އަގޯރީއަށެވެ. އެއެޕިސޯޑުގައި އަގޯރީ ދީނަށް ނިސްބަތްވާ މީހަކު އަސްލާނަށް އިންސާނެއްގެ ސިކުނޑި ކަމަށް ބުނާ އެއްޗެއް ކާންދޭ މަންޒަރު ފެނިގެންދެ އެވެ.

އަދި އަންދާފައިވާ އިންސާނެއްގެ އަޅި އަސްލާންގެ މޫނުގައި ހާކައި، އިންސާނެއްގެ ނާށިގަނޑުން ރާ ބޯންދޭ މަންޒަރު ވެސް މިއަދު ސީއެންއެންއިން ދެއްކި އެޕިސޯޑުން ފެނިގެންދެ އެވެ.

އެޑޮކިއުމެންޓްރީ ޕްރޮމޯޓު ކުރަމުން އަސްލާން ވަނީ އޭނާއަށް ކާންދިން ސިކުނޑި ވަނީ އަންދާފައި ކަމަށާއި އޭގައި ދެނީ ޗާކޯލް ރަހަ ކަމަށް ބުނެފަ އެވެ.

އެއެޕިސޯޑާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އަގޯރީ ދީނުގެ މީހުންނަކީ އަސްލު ހިންދޫ ދީނުގެ އުސޫލުތަކަށް ތަބާވާ ބައެއް ނޫން ކަމަށާއި އެޕްރޮގްރާމުގެ ސަބަބުން ހިންދޫ ދީނުގެ މީހުންނާ މެދު ނަފްރަތު އުފެދޭނެ ކަމަށް ބުނާ މީހުން ވެސް ހިމެނެ އެވެ. (ގާޑިއަން)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު