ޒީ އެވޯޑުގައި ކަރީނާގެ ޓްރިބިއުޓް ހަތަރު ޚާނުންނަށް!

ނިމިގެން ދިޔަ ޒީ ސިނެ އެވޯޑް ހަފްލާގައި ކަރީނާ ކަޕޫރު ޚާން، ބޮލީވުޑްގެ ހަތަރު ޚާނުން ކަމުގައިވާ އާމިރު ޚާން، ޝާޚްރުކް ޚާން، ސަލްމާން ޚާން އަދި ސައިފް އަލީ ޚާނަށް ޓްރިބިއުޓެއް ދީފި އެވެ.

މިއީ ވިހެއުމަށް ފަހު ކަރީނ،ާ ސްޓޭޖެއްގެ މަތީގައި ނެށުމެއް ހުށަހަޅައިދިން ފުރަތަމަ ފަހަރެވެ.

ކަރީނާ އަކީ ހުރިހާ ޚާނުންނާ އެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބިފައިވާ މަދު އަންހެން އެކްޓަރުންގެ ތެރެއިން އެކަކެވެ. ކަރީނާ ވަނީ ހަތަރު ޚާނުންނާ އެކު ވެސް ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ.

އެގޮތުން ރޭގެ އެވޯޑު ހަފްލާގައި ކަރީނާ ނަށާފައި ވަނީ ވެސް، ހަތަރު ޚާނުންނާ އެކު އޭނާ ކުޅެފައިވާ ފިލްމުތަކުގެ ލަވަތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ލަވަ ސެޓަކަށެވެ.

އެއީ ބަޖްރަންގީ ބާއިޖާން (ސަލްމާން)، 3 އިޑިއަޓްސް (އާމިރު)، ތަޝަން (ސައިފް) އަދި ރާ.ވަން (ޝާހު)ގެ ލަވަތަކަށެވެ.

އެ ހުށަހެޅުމުގައި ކަރީނާ ލާފައި ވަނީ ޑިޒައިނަރު މަނީޝް މަލޯތުރާގެ ހެދުން ތަކެވެ. ކަރީނާގެ ހުށަހެޅުމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް