އެފްއޭއެމްއިން އަންހެނުނަށް ފުޓްސަލް މުބާރާތެއް ބާއްވަނީ

އެފްއޭއެމްގެ ނައިބް ރައީސާ އައިޝަތު ނާޒިމާ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުތެރޭގައި އަންހެންނުންނަށް ހާއްސަ ކޮށްގެން ބޮޑު ފުޓްސެލް މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަނުގެ ނައިބު ރައީސާ އައިޝަތު ނާޒިމާ ވިދާޅުވެއްޖެއެވެ.

ސަން ސްޕޯޓްސްއާ ވާހަކަ ދައްކަމުން ނާޒިމާ ވިދާޅުވީ ރޯދަމަހަށް ފަހު އަންހެނުންނަށް ހުޅުވާލައިގެން ހާއްސަ ފުޓްސެލް މުބާރާތެއް ބާއްވަން ނިންމާފައިވާކަމަށާއި މިކަން ކުރަން ނިންމާފައިވަނީ އަންހެނުންނަށް ފުޓްބޯޅައިގެ ތެރެއިން ފުރުޞަތު ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ.

ނާޒިމާ ވިދާޅުވީ މި މުބަރާތުގައި ވާދަ ކުރެވޭނީ ހަމަ އެކަނި ދިވެހި ރައްޔިތުންނަށް ކަމަށާއި މުބާރާތް ހުޅުވާލަން ގަސްދުކޮށްފައިވަނީ ކުލަބް ޖަމުއްޔާ ޖަމައަތް ތަކަށް ކަމަށެވެ.

"މި މުބާރާތުގައި ވާދަ ކުރުމުގެ ފުރުޞަތު ދޭނީ ހަމަ އެކަނި ދިވެހި އަންހެނުންނަށް، ދެން ގައުމީ ޓީމު ކުޅުންތެރިންނަށްވެސް ޓީމު ތަކަށް ކުޅެވޭނީ ވަކި އުސޫލެއްގެ ދަށުން" އޭނާ ވިދާޅުވިއެވެ.

އަންހެން ފުޓްބޯޅަ ކުރިއެރުވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިއާ ނާޒިމާ އިތުރަށް ބުނީ މި މުބާރާތް ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށާއި އުންމީދު ކުރަނީ ގިނަ ބައެއްގެ ސަޕޯޓް މި މުބާރާތައް ލިބިގެންދިޔުން ކަމަށެވެ.

މީގެ އިތުރުން އަންހެން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ސ.އަތޮޅުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށްވެސް ނާޒިމާ ވިދާޅުވިއެވެ. އެ ގޮތުން އެ އަތޮޅުގައި ތިބި އަންހެންނުންނަށް ހާއްސަ ކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

comment ކޮމެންޓް