ޚާނުންނަށް ލިބިފައިވާ މަޝްހޫރުކަން ހޯދަން މިހާރު އުނދަގޫ: ވަރުން ދަވާން

ވަރުން ދަވާން --

ވަރުން ދަވާން އަކީ ފަހުގެ އެކްޓަރުންގެ ތެރެއިން އެންމެ މަޝްހޫރު އެއް އެކްޓަރެވެ. ނަމަވެސް ފަހުގެ އެކްޓަރުންނަށް، އާމިރު ޚާން އާއި ޝާހްރުކް ޚާން އަދި ސަލްމާން ޚާން އަށް ލިބިފައިވާ މަޝްހޫރު ކަމާއި މަގުބޫލުކަން ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ވަރުން ގަބޫލު ކުރެ އެވެ.

ވަރުން ބުނީ ސޯޝަލް މީޑިއާގެ ސަބަބުން މިހާރުގެ އެކްޓަރުންގެ ނޭނގޭ އެއްވެސް ވާހަކަ އެއް ނުވަތަ ސިއްރެއް ނޯންނަ ކަމަށެވެ.

"ސަލްމާން، ޝާހްރުކް، އާމިރު ނުވަތަ އަޖޭ އާއި އަކްޝޭ ހޯދާފައިވާ މަޝްހޫރުކަން ވެސް މިހާރު ހޯދަން އުނދަގޫ. އަހަރެން ގަބޫލު ކުރަނީ އެކަމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ ސޯޝަލް މީޑިއާ ކަމަށް. މިހާރު އެއްވެސް މިސްޓްރީއެއް ނޯވެ،" ވަރުން ބުންޏެވެ.

ވަރުން ބުނީ މިހާރު ހަގީގަތް ހޯދުމުގެ ކެތްތެރިކަން ބެލުންތެރިންގެ ކިބައިގައި ވެސް ނެތް ކަމަށެވެ.

އޭގެ އިތުރުން، މިހާރުގެ ބޮލީވުޑް ފަންނާނުންނަށް އެކަކު އަނެކަކާ ވާދަކުރުމުގެ ބަދަލުގައި ހޮލީވުޑް ފަންނާނުންނާ ވާދަކުރަން ޖެހޭ ކަމަށް ވެސް ވަރުން ބުންޏެވެ.

ވަރުން ބުނީ ހަނދާން ނައްތާލަން އުނދަގޫ ވާ ކަހަލަ މަޝްހޫރު ކަމެއް ހޯދަން މަސައްކަތް ކުރާ ކަމަށާއި، ނަމަވެސް ކާމިޔާބާއި ނާކާމިޔާބަކީ އޭނާ މާ ސީރިއަސް ކޮށް ވިސްނާ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް