'ބަދްރީނާތު ކީ ދުލްހަނިޔާ' އަށް ބޮޑު ތަރުހީބެއް

އިއްޔެ ރިލީޒް ކުރި، ވަރުން ދަވަން އަދި އާލިއާ ބަޓްގެ ފިލްމު 'ބަދްރީނާތު ކީ ދުލްހަނިޔާ' އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަ ދެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ކަރަން ޖޯހަރު ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމަށް ކްރިޓިކްސް އަދި ބެލުންތެރިންގެ ފަރާތުން ވެސް ލިބެމުން އަންނަނީ ރަނގަޅު ކޮމެންޓުތަކެކެވެ.

ފިލްމު ރިލީޒް ކުރި ދުވަހު ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ އާ ގުޅޭ ގޮތުން ޓްރޭޑް އެނަލިސްޓު ތަރަން އާދަރްޝް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ފުރަތަމަ ދުވަހު ގިނަ އަދަދެއްގެ ޝޯތަކެއް ހައުސްފުލް ވެފައިވާ ކަމަށާއި، އެ ދުވެލީގައި ދާނަމަ ހަފްތާ ބަންދުގައި ކުރިން އުންމީދު ކުރި ވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށެވެ.

އެގޮތުން ފުރަތަމަ ދުވަހު ފިލްމަށް 12 ކުރޯޑު ރުޕީޒް، އަދި ހަފްތާ ބަންދުގައި 40 ނުވަތަ 50 ކުރޯޑު ރުޕީޒް ހޯދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.

ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމުގައި އާލިއާ އަދި ވަރުން ދައްކުވައިދީފައިވާ އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ހަމަ އެއާ އެކު ޑައިރެކްޓަރު ޝަޝާންކް ޚައިތަން އަށް ވެސް ވަރަށް ބޮޑަށް އަންނަނީ ތައުރީފު ކުރަމުންނެވެ.

މިއީ އާލިއާ އާއި ވަރުން އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމެވެ. 'ބަދްރީނާތުކީ ދުލްހަނީ ވަނީ އިންޑިއާގެ 2700 ސިނަމާއެއްގައި ރިލީޒް ކޮށްފަ އެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ވެސް ވަނީ 'ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ' ރިލީޒް ކޮށްފަ އެވެ.

comment ކޮމެންޓް