ރަސްގެފާނުގެ ދަތުރުފުޅާ ކައިރިކޮށް، ސައުދީ މަނަވަރެއް ރާއްޖޭގައި

ސައުދީ ރޯޔަލް ނަވާލް ފޯސަސް (އެސްއާރުއެންއެފް) ގެ މަނަވަރު -- ފޮޓޯ/ ޓުވިޓާ

ސައުދީ ރަސްގެފާނު މި މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ކައިރިކޮށް، އެ ގައުމުގެ މަނަވަރެއް ރާއްޖޭގައި ބަނދަރުކޮށްފި އެވެ.

މާލެއާ ދޫނިދޫއާ ދެމެދު އަޅާފައި އޮތް "ބޮރައިޑާ 902" ނަމަކަށް ކިޔާ އެ މަނަވަރަކީ ސައުދީ ރޯޔަލް ނޭވަލް ފޯސަސް (އެސްއާރުއެންއެފް)ގެ އުޅަނދެކެވެ. އާންމުކޮށް އެ އުޅަނދު ހަރަކާތްތެރި ވަނީ ސައުދީގެ ޝާހީ އާއިލާތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށެވެ.

ސައުދީ ރޯޔަލް ނަވާލް ފޯސަސް (އެސްއާރުއެންއެފް) ގެ މަނަވަރު -- ފޮޓޯ/ ޓުވިޓާ

އެ މަނަވަރު ރާއްޖެއަށް އައީ އިއްޔެގެ ވަގުތެއްގަ އެވެ. ސެކިއުރިޓީގެ ކަންކަމަށް ބޭނުންކުރާ އެ މަނަވަރުގައި ދެ ހެލިކޮޕްޓަރު ވެސް އޮވެއެވެ.

އެ އުޅަނދަކީ ރަސްގެފާނުގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަން ގެނެސްފައި އޮތް އުޅަނދެއްކަން ރަސްމީ ފަރާތަކުން ކަށަވަރުކޮށެއް ނުދެ އެވެ. އެމްއެންޑީއެފުން ވެސް އެކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަނީ އޭޝިއާގެ ފަސް ގައުމަކަށް ފައްޓަވާފައިވާ ދަތުރުފުޅުގަ އެވެ. ރާއްޖެއަށް ވަޑައިގަންނަވަނީ މި މަހު ތިންވަނަ ހަފްތާގެ ތެރޭގަ އެވެ.

comment ކޮމެންޓް