ޔޫވީ ވަރުގަދައީ ޓީމެއް ގޮތަށް، ސަމާލުވާން ޖެހޭ: ޓެވަރޭސް

ނިއުރޭޑިއަންޓްގެ ކޯޗު ބެނާޑޯ ޓެވަރޭސް(ކ) ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު އާތިފް(އާތި)(ވ)--

ޔުނައިޓެޑް ވިކްޓުރީ (ޔޫވީ)ގައި މާމޮޅެތި ކުޅުންތެރިން ނެތަސް އެ ޓީމަކީ ޓީމެއްގެ ގޮތުގައި ވަރުގަދަ ޓީމެއް ކަމަށާއި ނިއުރޭޑިއަންޓު މިއަދުގެ މެޗުން މޮޅުވާން ބޭނުންނަމަ އެކަމަށް ސަމާލުވާންޖެހޭނެ ކަމަށް ނިއުރޭޑިއަންޓުގެ ކޯޗު ބެނާޑޯ ޓެވަރޭސް ބުނެފިއެވެ.

ޓެވަރޭސް އެހެން ބުނީ މާލޭ ލީގުގައި މިއަދު ހަވީރު 4:00 ގައި ނިއުރޭޑިއަންޓާއި ޔުނައިޓްޑް ވިކްޓަރީ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ެޓެވަރޭސް ބުނީ ރޮނާލްޑޯއާ މެސީވަރުގެ ކުޅުންތެރިން ޔުނައިޓެޑް ވިކްޓަރީގައި ނެތް ކަމަކު އެޓީމަކީ ޓީމެއްގެ ގޮތުގައި ހުރިހާ ގޮތަކުންވެސް ރަނގަޅު އަދި މޮޅު ޓީމެއް ކަމަށެވެ. އޭނާ ބުނީ ވޭތުވެ ދިޔަ ސީޒަންގައި ވެސް ޔޫވީން ގެންގުޅުނު އުކުޅަކީ ޓީމެއްގެ ގޮތުގައި ކުޅެ މޮޅުވުންކަމަށެވެ.

"ޓީމެއްގެ ގޮތުގައި ޔޫވީ ވަރަށް މޮޅު، އަހަރަމެން ޖެހޭނެ ސަމާލުވާން، މިދިޔަ ސީޒަނުގައިވެސް ގަަދަ ހަތަރެއްގައި އެޓީމު އޮތީ ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން" ޓަވަރޭސް ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު އާތިފް(އާތި) ބުނީ ޔޫވީ އޮތީ އެއްވެސް ޓީމަކަށް ދޫދޭ ގޮތަކަށް ނޫންކަމަށާއި ފަހުވަގުތަ ޖެހެންދެންވެސް ކާމިޔާބީ އެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ބުނީ މިދިޔަ ސީޒަންގައި ވެސް ޕޮއިންޓެއް ނުލިބެނީ ނިއުރޭޑިއަންޓް އަތުން އެކަނި ކަމަށެވެ.

"ޕޮއިންޓެއް ނުލިބެނީ މިދިޔަ ސީޒަނުގައި ވެސް ނިއުރޭޑިއަންޓް އަތުން އެކަނި، އެހެންވީމަ އެކަން އެބަޖެހޭ ބަދަލުކުރަން، ޔޫވީ އިން އެއްވެސް ޓީމަަކަށް ދުލެއް ނޫދޭނަން،" އާތި ބުންޏެވެ.

މީގެ ކުރިން އެ ދެޓީމުންވެސް މާލޭ ލީގުގައި އެއް މެޗު ކުޅެފައިވާއިރު ޔޫވީ ވަނީ އީގަލްސް އަތުން 2-0 ބަލިވެފައެވެ. ނިއުރޭޑިއަންޓް ވަނީ ވިކްޓަރީ އަތުން 3-1 ނަތީޖާއަކުންނެވެ.

comment ކޮމެންޓް