ހަތް އަހަރު ފަހުން އަބީޝެކް އާއި އައިޝްވާރްޔާ އެއް ފިލްމަކުން

ޕްރޮޑިއުސަރު އަނޫރާގް ކަޝްޔަޕްގެ ކުރިއަށް އޮތް ޕްރޮޑަކްޝަން އިން ބޮލީވުޑުގެ ޖޯޑު، އަބީޝެކް ބައްޗަން އާއި އައިޝްވާރްޔާ ރާއި ބައްޗަން އެކުގައި ފެނިގެން ހިނގައިދާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އަބީޝެކް އާއި އައިޝްވާރްޔާ ވެސް ފިލްމުގެ ސްކްރިޕްޓު ކިޔާފައިވާ ކަމަށާއި އަދި ދެ މީހުންނަށް ވެސް ސްކްރިޕްޓު ކަމުގޮސްފައިވާ ކަމަށެވެ. ނަމަވެސް ދެ މީހުން އަދި ފިލްމަށް އެއްބަސްވެފައެއް ނުވެ އެވެ.

އައިޝްވާރްޔާ އާއި އަބީޝެކް އެ ފިލްމަށް އެއްބަސްވެއްޖެ ނަމަ، އެއީ ހަތް އަހަރު ފަހުން ދެމީހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށް ވެގެންދާނެ އެވެ.

ދެމީހުން އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ 2010 ވަނަ އަހަރު ނުކުތް މަނީ ރަތަމްގެ ފިލްމު 'ރާވަން' އިންނެވެ. އަބީޝެކް އާއި އައިޝްވާރްޔާ އެކުގައި މަސައްކަތް ކޮށްފައިވާ ފިލްމު ތަކުގެ ތެރޭގައި ކުޗް ނާ ކަހޯ، ދާއީ އަކްސަރް ޕްރޭމް ކީ، ގުރޫ، އުމްރާއޯ ޖާން، ދޫމް 2 އަދި ސަރްކާރް ރާޖް ހިމެނެ އެވެ.

comment ކޮމެންޓް