ޕާކިސްތާނުގައި ސޮނާކްޝީގެ 'ނޫރް' ރިލީޒް ކުރާނެ

ފިލްމް 'ނޫރު'ގެ ޕޯސްޓަރެއް --

ބޮލީވުޑުގެ ބަތަލާ ސޮނާކްޝީ ސިންހާގެ ކުރިއަށް އޮތް ފިލްމު 'ނޫރް' ޕާކިސްތާނުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެފި އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ބުޝަން ކުމާރު ބުނީ ޕާކިސްތާނުގައި ފިލްމު ރިލީޒް ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"ނޫރް" އަކީ ޕާކިސްތާނުގެ ލިޔުންތެރިޔާ ސަބާ އިމްތިއާޒް ލިޔެފައިވާ ވާހަކަ "ކަރާޗީ، ޔޫ އަރ ކިލިންގް މީ"ގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެއީ މަޖާ، ކްރައިމް-ތުރިލަރ އެކެވެ.

ނަމަވެސް މުމްބާއީގައި ފިލްމު ޝޫޓު ކުރުމަށް، ވާހަކައިގެ ސެޓިންގް ވަނީ މުމްބާއީ އަށް ބަދަލު ކޮށްފަ އެވެ.

ސުނިލް ސިޕީ ޑައިރެކްޓު ކޮށްފައިވާ 'ނޫރް' ރިލީޒް ކުރާނީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.

ބޮލީވުޑްގައި ޕާކިސްތާން ފަންނާނުން މަސައްކަތް ކުރުން މަނާކުރުމާ އެކު، ޕާކިސްތާނުގައި ބޮލީވުޑް ފިލްމުތައް ރިލީޒް ކުރުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށް، ބައެއް ފިލްމުތައް ޕާކިސްތާނުގައި އަންނަނީ ރިލީޒް ކުރަމުންނެވެ.

comment ކޮމެންޓް