ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަސިންޖަރުންނާ ގުޅޭ ސާވޭ އެއް ކުރަނީ

ޖެނުއަރީ 1، 2017، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް" ރަސްމީކޮށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް އަންނަ ފަސިންޖަރުންނާއި ފުރާ ޕަސެންޖަރުންނާ ގުޅޭ ސާވޭއެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކުންފުނިން އިއުލާންކޮށްފިއެވެ.

އެމްއޭސީއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުންފުނިން ދޭ މިންގަނޑުތަކާ އެއްގޮތަށް ފަސިންޖަރުންނާ ގުޅޭ ސާވޭތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން މިމަހުގެ 16 ވަނަ ދުވަހު 10:30 ގައި އެކުންފުނީގެ މައި އިދާރާގައި އޮންނަ މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ، މައުލޫމާތު ސާފު ކުރުމަށްފަހު މިމަހުގެ 29 ވާ ބުދަދުވަހުގެ ހެދުނު 10:30 ކުރިން ބީލަން ހުށަހެޅުމަށް އެދޭ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެދުވަހުގެ 10:30 ގައި ބީލަން ހުޅުވަން ހަމަޖައްސާފައިވާއިރު ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެ ސާވޭ ކުރުމަށް ނިންމާނީ އެ ކުންފުންޏަށް އެންމެ ފައިދާ ހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތަކަށް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް