"ވިޝްކާ"އާ ގުޅިގެން ހުށަހެޅި މައްސަލަ ސިވިލް ކޯޓަށް ބަލައިގެންފި

"ވިޝްކާ" އަންނަ ބުދަ ދުވަހު ޝްވެކް ސިނަމާގައި----

ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން އަންނަ ބުދަ ދުވަހު އަޅުވަން ހަމަޖެހިފައިވާ ފިލްމު "ވިޝްކާ"ގެ ވާހަކައާއި ސްކްރީންޕްލޭގެ މިލްކުވެރިކަމުގެ މައްސަލާގައި މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި އެވެ.

ކޯޓުން ބުނީ، އެ މައްސަލަ އިއްޔެ ސިވިލް ކޯޓުގައި ރަޖިސްޓްރޯކޮށްފައިވާ ކަމަށެވެ. އަދި ފުރަތަމަ އެ މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ކުރިޔަށް ގެންދިއުމަށް ފަހު، ވާހަކަ ދައްކައިގެން ހައްލެއް ނުލިބިއްޖެ ނަމަ ދައުވާގައި ހިމެނޭ ފަރާތްތައް ހާޒިރު ކުރުމަށް ޝަރީއަތަށް ފޮނުވާނެ ކަމަށެވެ.

މިލްކުވެރިކަމަށް ދައުވާކޮށް، ކޮކޯ ހަސަން ވަނީ މީގެ ކުރިން އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެއީ މަދަނީ މައްސަލަ އަކަށް ވާތީ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ފުލުހުން ވަނީ އަންގައިފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުންާ ކޮކޯ ބުނީ، އަބްދުﷲ ވިޝާމް ލިޔުނު "ވިޝްކާ"ގެ ވާހަކަ އާއި އޭގެ ސްކްރިޕްޓް ލިޔުނު މަހުދީ އަހުމަދާ އެކު ހަދާފައިވާ އެއްބަސްވުންތަކުން "ވިޝްކާ" އަކީ އޭނާގެ އެއްޗެއް ކަމަށް ހެކިދޭނެ ލިޔުންތައް ވެސް ހުރި ކަމަށެވެ.

"ވިޝްކާ" ގެ ޕޯސްޓަރެއް ގައި ފިލްމުގެ ލީދު ރޯލު ކުޅޭ ރިޝްމީ----

ފިލްމުގެ ޕްރޮޑިއުސަރު ރިޝްމީ ބުނީ، "ވިޝްކާ" އަކީ ކޮކޯގެ އަށް ހައްގުވާނެ އެއްޗެއް ނޫންކަމަށާއި އެފިލްމު ނިންމާފައި ވަނީ ކޮކޯގެ އެއްވެސް އެހީތެރިކަމެއް ނުލިބި ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ކޯޓަށް ދާންޖެހުނު ކަމުގައިވާ ނަމަ ކޯޓަށް ދާނެ ކަަމަށް ވެސް ރިޝްމީ ބުންޏެވެ.

މައްސަލަ ކޯޓަށް ހުށަހަޅާފައިވާ އިރު "ވިޝްކާ" އަންނަ ބުދަ ދުވަހު ޕްރިމިއާ ކުރަން އަންނަނީ ތައްޔާރު ވަމުންނެވެ. ރިޝްމީ ބުނީ، ކުރިން ތާވަލްް ކޮށްްފައިވާ ގޮތަށް ފިލްމު އަޅުވަން ހަމަ އެންމެެ ފުުރިހަމައަށް ތައްޔާރު ވަމުންދާ ކަމަށެވެ.

"ވިޝްކާ" މި މަހުގެ ސޯޅަވަނަ ދުވަހާ ހަމައަށް ޝްވެކް ސިނަމާގައި ދައްކަން ހަމަޖެހިފައިވާ އިރު ބެލުންތެރިންގެ ތަރުހީބު ލިބޭވަރުން ޝޯތައް އިތުރު ކުރާނެ ަކަމަށް ވެސް ރިޝްމީ ބުންޏެވެ. އަދި މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ފިލްމު އަޅުވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކުރައިމް ތްރިލާއެއްގެ މައްޗަށް ރަވީ ފާރޫގް ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑުރޯލުން ފެނިގެންދާނީ ރިޝްމީ އާއި ރަވީގެ އިތުރުން އަހުމަދު ސައީދެވެ.

comment ކޮމެންޓް