ވޯޓުލާ މަރުކަޒަށް ވޯޓާސް ލިސްޓު ވެއްދޭ ގޮތް ހަދައިފި

އިލެކްޝަންސް ކޮމިޝަނުގެ ބައެއް މަސައްކަތްތައް ކުރިއަށް ދަނީ --- ސަންފައިލް ފޮޓޯ

އޮބްސާވަރުން ވޯޓުލާ މަރުކަޒު ތެރެއަށް ވަންނަ އިރު ވޯޓާސްލިސްޓު ހިފައިގެން ވަދެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމަށް ފަހު އެގޮތަށް ނިންމަން ކޮމިޓީގެ ހުރިހާ މެމްބަރުން ވެސް ތާއީދު ކުރި ކަމަށް އިލެކްޝަނުން ބުންޏެވެ. އެ ކޮމިޓީގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވެސް ތިބެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް 'ސަން' އަށް ވިދާޅުވީ އޮބްސާވަރުންނަށް ވޯޓާސް ލިސްޓު ހިފައިގެން ވަދަވޭ ގޮތަށް ހެދީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މީގެކުރިން ކަނޑައަޅާފައި އޮންނަ ގޮތުން ވޯޓުލާ މަރުކަޒުގައި ހުންނަ ކަރުދާސް ފިޔަވައި އިތުރު ކަރުދާހެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ އެވެ.

އަންނަ މަހު 15 ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރާ މީހުންގެ ޖުމްލަ އަދަދު އަދި ސާފެއްނުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވާދަކުރާ ކެންޑިޑޭޓުންގެ ޖުމްލަ އަދަދު އިއުލާނުކުރާނީ މިމަހުގެ ނުވަވަނަ ދުވަހު ކެންޑިޑޭޓުންގެ ނަންތައް ގުރުލުމުގެ ރަސްމިއްޔާތުގައި ކަމަށެވެ.

comment ކޮމެންޓް