ސްވިމިން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ސްވިމިން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕް ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެ އެސޯސިއޭޝަނަށް ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ސްވިމިން އެސޯސިއޭޝަނުން އެދެއެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު ސްވިމިން އެސޯސިއޭޝަންގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ދެވަނަ ސްވިމިން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ކަޕް ފެތުމުގެ މުބާރާތުގައި ޓީމު އިވެންޓާއި، މާސްޓާސް ކެޓެގަރީ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ ހިމެނެއެވެ.

ޓީމް އިވެންޓްގައި ފްރީސްޓައިލް، ބެކްސްޓްރޯކް، ބްރެސްޓްޓްރޯކް، ބަޓަފްލައި، އިންޑިވިޖިއުލް މެޑްލޭ، ފްރީސްޓައިލް ރިލޭ އަދި މެޑްލީ ރިލޭ ކުރިއަށްދާނެއެވެ. މާސްޓާސް ކެޓަގަރީ ކުރިއަށްދާނީ ފްރީސްޓައިލްގެ 50 މީޓަރު އަދި 100 މީޓަރެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީގައި ކުރިއަށްދާނީ ފްރީސްޓައިލްގެ 25 މީޓަރު އަދި 50 މީޓަރެވެ.

comment ކޮމެންޓް