ސާދަ ގައުމެއްގެ މާކެޓު ފުޅާވެ، ޖެނުއަރީ މަހު ފަތުރުވެރިން 15 ޕަސަންޓު އިތުރު

ކްރޫޒްލައިނާއެއްގައި މާލެ އައި ފަތުރުވެރިންތަކެއް --- ސަން ފައިލް ފޮޓޯ

ސާދަ ގައުމަކުން ރާއްޖެއަށް އޮތް ފަތުރުވެރިންގެ މާކެޓު ފުޅާވެ، މިދިޔަ ޖެނުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 125،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީިން އާންމުކޮށްފައިވާ، މިއަހަރުގެ ޖެނުއަރީ މަހުގެ ޓުއަރިސްޓް އެރައިވަލްސް ސްޓެޓިސްޓިކްސް ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 125،336 އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 108،396 އެވެ.

އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމު

  • ޗައިނާ: 30،669 ފަތުރުވެރިން
  • އިޓަލީ: 12،079 ފަތުރުވެރިން
  • އިނގިރޭސި ވިލާތް: 8،630 ފަތުރުވެރިން
  • ޖަރުމަނު: 7،803 ފަތުރުވެރިން
  • ރަޝިއާ: 6،874 ފަތުރުވެރިން

މީގެ އިތުރުން 14 ގައުމަކުން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.

ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މިދިޔަ ފަސް އަހަރު ތެރޭގައި މި 14 ގައުމުގެ މާކެޓު ވަނީ 10 ޕަސަންޓަށް ވުރެ މަތިން ފުޅާވެފައެވެ.

  • ލެޓްވިއާ
  • ލިތުއޭނިއާ
  • ކްރޮއޭޝިއާ
  • ސާބިއާ
  • މިޔަންމާ
  • ވިއެޓްނާމް
  • އިރާން
  • އަލްޖީރިއާ
  • މޮރޮކޯ
  • އާޖެންޓީނާ
  • މެކްސިކޯ
  • އުރުދުން
  • އޮމާން
  • ސީރިއާ

ރިސޯޓުތަކުގެ އޮކިއުޕަންސީ ޖެނުއަރީ މަހު ހުރީ 81 ޕަސަންޓުގައެވެ. އަދި ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ހުރީ 31.8 ޕަސަންޓުގައެވެ.

ޖުމްލަ ގޮތެއްގައި ފަތުރުވެރިކަން ވަނީ 5.3 ޕަސަންޓަށް ކުރިއަރާފައެވެ.

comment ކޮމެންޓް