ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ، ކަނޑުތައް ގަދަވާނެ: މެޓް އޮފީސް

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ މައި އިދާރާ އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނިގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އަދި މާދަމާ އިން ފެށިގެން މެދުތެރެއަށް މޫސުން ރަނގަޅުވާނޭ ކަމަށް މެޓް އޮފީހުން ބުނެއެވ.ެ

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތް

  • އުތުރާއި މެތުތެރޭ އެކި ހިސާބަށް ވިއްސާރަކުރާނެ
  • ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ
  • ދެކުނު ބައެއް ރަށްތަކަށް މެންދުރުފަހު ކެރީގެ އަސަރުފޯރާނެ
  • އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 7 މޭލާ 1 މޭލާ ދެމެދުގެ ބާރުމިނުގައި
  • އެހެން ހިސާބުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 8 މޭލާ 18 މޭލާއި ދެމެދުގެ ބާރުމިނުގައި
  • ވިލާގަޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ބެލެވޭ

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އެގޮތުން މިއަދުގެ ހެނދުނު 8:30 އިން ފެށިގެން މެޓް އޮފީހުން ވަނީ ހއ. އަތޮޅާއި މ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައެވެ.

comment ކޮމެންޓް