ޑޭޓާ ނެތަސް އިރާގުގައި ވިކިޕީޑިއާ ބޭނުންކުރެވޭ ގޮތަށް ހަދައިފި

އިރާގުގައި މޯބައިލް ބޭނުން ކުރާ ފަރާތްތަކަށް ހިލޭ ވިކިޕީޑިއާ ބޭނުން ކުރެވޭ ގޮތަށް އެގައުމުގެ ގައުމީ މޯބައިލް ނެޓްވޯކް ކެރިއާރ، އޭޝިއާ ސެލް އިން ހަމަޖައްސައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޭޝިއާ ސެލް އިން އެގޮތަށް ނިންމީ، ވިކިޕީޑިއާގެ ޒީރޯ ސްކީމްގެ ދަށުން ކަމަށެވެ. އެ ސްކީމުގެ ޚިދުމަތް މިހާރުވެސް ދުނިޔޭގެ 59 ގައުމެއްގައި ދެމުން އަންނައިރު، އެ ޚިދުމަތަށް މިހާރު ތިން އަހަރު ވެދާނެ އެވެ.

ވިކިޕީޑިއާ ހިންގާ، ވިކިމީޑިއާ ކުންފުނިން ބުނީ، އެކުންފުނީގެ ބޭނުމަކީ ވީހާވެސް ގިނަ މައުލޫމާތެއް ވީހާވެސް ގިނަ ބަޔަކާ ހަމައަށް ގެނެސްދިނުން ކަމަށެވެ. ނަމަވެސް މިކަމާ ބައެއް ފަރާތްތަކުން ދެކޮޅު ހަދައެވެ.

އެފަރާތްތަކުން ބުނާ ގޮތުގައި "ވިކިޕީޑިއާ ޒީރޯ ސްކީމް" ފަދަ ސްކީމް ތަކަކީ "ނެޓް ނިއުޓްރާލިޓީ"ގެ އަގު ވައްޓާލައި އޭގެ ޕްރިންސިޕްލްސްތަކަށް އަމަލު ނުކުރުމެވެ.

"ނެޓް ނިއުޓްރާލިޓީއަކީ ނެޓްވޯކުގެ ތެރޭގައި ހުރިހާ ޑޭޓާ އެއްގޮތަކަށް ޓްރީޓް ކުރުމަށް ހަދާފައިވާ ޕްރިންސިޕްލްސްތަކެއް. ނެޓްވޯކުގެ ތެރެއިން ބައެއް ޑޭޓާތަކަށް ޗާޖުކޮށްފަ އަނެއް ޑޭޓާއަށް ޗާޖު ނުކުރުން ވާނީ ނެޓް ނިއުޓްރާލިޓީއަށް އަމަލު ނުކުރާ ކަމަށް. އެއަށް ގޮންޖަހަނީ ކަމަށް،" ޔޫރަޕިއަން ޑިޖިޓަލް ރައިޓްސް ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރު، ޖޯ މިކްނަމީ ވިދާޅުވެފައިވެއެވެ.

އިރާގުގައި ވިކިޕީޑީއާ ހިލޭ ދޭން ނިންމާފައިވާކަން އިއުލާން ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ބާސެލޯނާގައި ކުރިއަށް ގެންދިޔަ މޯބައިލް ވޯލްޑް ކޮންގްރެސްގައެވެ.

comment ކޮމެންޓް