ޓީސީ ކުޅޭ ބައިނަލްއަގުވާމީ ފުރަތަމަ ސެމީފައިނަަލަށް އެޓީމު އޮތީ ތައްޔާރަށް

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)، ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ސެމީއަށް މިއަދު އެޓީމު ނުކުންނައިރު ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ނިޒާމްބެ ބުނޭ --

ބަނގްލަދޭޝްގައި ކުރިއަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ސެމީ ފައިނަލުގައި ނޭޕާލްގެ މަނަންގް މަސިޔަންގްޑީ ބަލިކޮށް، އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަށް ޓީސީ އޮތީ ތައްޔާރަށް ކަަމަށް އެޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ސެމީފައިނަލާ ހިސާބަށް ޓީސީ ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން ަބަލިނުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ޓީސީގެ ކޯޗު ނިޒާމްބެ ބުނީ، މި މެޗާ ކުރިމަތިލާއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތުންކަމަށާއި މެޗަށް ޓީމު އޮތީ ތައްޔާރަށް ކަަމަށެވެ.

"ނެތް އަނިޔާގެ އެއްވެސް މައްސަލައެއް އެއީ މިކަހަލަ މެޗަކާ ކުރިމަތިލާއިރު ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ޓީމު މިއޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި، އުއްމީދަކީ ފައިނަލާ ހިސާބަށް ވާސިލް ވުން،" ނިޒާމްބެ ބުންޏެވެ.

ޓީސީއާއި މަނަންގް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 5:30ގައެވެ.

މުބާރާތުގެ ދެވަނަ ސެމީފަިނަލު މެޗު މާދަމާ ކުޅެން ހަމަޖެހިފައިވާއިރު، ޗެމްޕިއަން ޓީމަކަށް 30،000 ހާސް ޑޮލަރު ލިބޭ މި މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ކޮންމެ މެޗަކުން މޮޅުވާ ޓީމަކަށް 10،000 ޑޮލަރު ދޭއިރު ރަނަރަޕް ޓީމަކަށް 15،000 އެމެރިކާ ޑޮލަރު ދިނުމަށްވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް