ނެޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ކަސްޓަމްސްއަށް

އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތުގެ ތެރެއިން--ފޮޓޯ ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިންޓަ އޮފީސް ނެޓްބޯޅަ މުބަރާތުގެ ފިރިހެންބައިގެ ޗެމްޕިއަންކަން މޯލްޑިވްސް ކަސްޓަމްސްް ސާވިސް އިން ހޯދައިފިއެވެ.

ކަސްޓަމުން މިބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ހަމަހަމަ ކުޅުުުމެކެވެ. ނަމަވެސް ކަސްޓަމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފައި އެޓީމުންވަނީ އެމްއޭސީއެލްގެ މައްޗަށް ކާމިޔާބު ހޯދައިފައެވެ. މި މެޗު ކަސްޓަމުން ކާމިޔާބުކުރީ 20-29 ޕޮއިންޓުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން

  • އަހްމަދު ފައިސަލް -އެމްއޭސީއެލް
  • އިބްރާހިމް އިޔާޒް- އެމްއޭސީއެލް
  • ހުސައިން ނާދިމް- އެމްއޭސީއެލް
  • ހުސައިން ޝުއައިބް- އެމްސީއެސް
  • ހުސައިން ހަލީމް- ކަސްޓަމްސް
  • މުހައްމަދު ފައިސަލް - ކަސްޓަމްސް
comment ކޮމެންޓް