ބަރަހަނާ ފޮޓޯތަކެއް ލީކުވި އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

ބަރަހަނާ ފޮޓޯތަކެއް ލީކުވި އަންހެން ފުލުހަކުު ވަޒީފާއިން ވަކިކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފައެވެ.

ސަން އަށް އެނގިފައިވާގޮތުގައި މިދިޔަ މަހުގެ މެދުތެރޭގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ދޫނިދޫ ކަސްޓޯޑިއަލްގައި މަސައްކަތް ކުރި އަންހެން ފުލުހެކެވެ.

ކޯޕްރަލެއްގެ މަގާމުގައި ހުރި އެ އަންހެން ފުލުސް މީހާގެ ބަރަހަނާ ފޮޓޯތައް ސޯޝަލް މީޑިއާގައި ލީކްވީ ދޫނިދޫ ކަސްޓޯޑިއަލްގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. ފޮޓޯތައް ލީކުވުމުން މައްސަލަ ބަލައި ނިމެންދެން އޭނާ ބަދަލުކޮށްފައި ހުރީ ޔުނިފޯމް ސެކްޝަނަށެވެ.

ސޯޝަލް މީޑިއާގައި އެ ފުލުސް މީހާގެ ފޮޓޯތައް ދައުރުވުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ކުރި ތަހުގީގުން ފޮޓޯތަކުން ފެންނަނީ އޭނާކަން ވަނީ ކަށަވަރުވެފައެވެ.

ދާދިފަހުން ލ. ގަން ޕޮލިސްޓޭޝަންގެ އިންޗާޖަކަށް ހުރި ފިރިހެން ފުލުހެއްގެ ބަރަހަނާ ފޮޓޯއެއް ލީކުވުމާ ގުޅިގެން އޭނާ ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

comment ކޮމެންޓް