މީޑިއާނެޓުން "އެންޓީވީ އެޗްޑީ" ލޯންޗުކޮށް 15 ދުވަހަށް ހިލޭ ދައްކަނީ

މީޑިއާ ނެޓުން "އެންޓީވީ އެޗްޑީ" ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މީޑިއާ ނެޓު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ މީޑިއާ ނެޓުން "އެންޓީވީ" ގެ އެޗްޑީ ޗެނަލް ތައާރަފްކޮށް، އެޗެނަލް 15 ދުވަސް ވަންދެން ހިލޭ ދައްކަން ނިންމައިފިއެވެ.

އެ ކުންފުނިން އެންޓީވީ ތައާރަފް ކުރީ މީޑިއާނެޓްގެ ފްރަންޓް އޮފީހުގައި ރޭ ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައެވެ. ރާއްޖެ އަށް އެންޓީވީ ތައާރަފް ކުރި އިރު، އެ ޗެނަލަކީ އިންޑިއާގެ ވަރަށް މަގުބޫލު ޗެނަލެކެވެ. އެންޓީވީގެ މަގުބޫލު ޕްރޮގްރާމްތަކުގެ ތެރޭގައި ”ދަ ވޮއިސް އިންޑިއާ"، ”ބާބީޖީ ގަރް ޕަރް ހޭ“، ބަދޯ ބަހޫ، ސަންތޯޝީ މާ ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ.

މީޑިއާ ނެޓުން އަލަށް ތައާރަފް ކުރި މި ޗެނަލާ ބެހޭ ގޮތުން އެކުންފުނީގެ ހެޑް އޮފް މާކެޓިން އިމާޒް މުހައްމަދު ވިދާޅުވީ އެ ޗެނަލަކީ ދިވެހިން ވަރަށް ބޭނުން ވެފައި އޮތް، ދިވެހިންގެ މެދުގައި މަގުބޫލު ޗެނަލެއް ކަމަށެވެ. އަދި އެ ޗެނަލް ކަސްޓަމަރުންނާ ހަމައަށް އެޗްޑީކޮށް ގެނެސްދެވުމަކީ އުފާ ކުރައްވާ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެންޓީވީ އެޗްޑީ ކަސްޓަމަރުންނަަށް ބަލާލެވޭނީ މީޑިއާނެޓްގެ ޗެނަލް ނަންބަރު 856 އިންނެވެ. މި ޗެނަލް ލިބިވަޑައިގަންނަވާނީ މީޑިއާ ނެޓްގެ ޕްރިމިއަމް އެޗްޑީ ޕެކޭޖުގެ ދަށުންނެވެ.

މީޑިއާނެޓުން މިހާރުވެސް 60 އަށްވުރެ ގިނަ އެޗްޑީ ޗެނަލް ކަސްޓަމަރުންނަށް ދޫކުރެއެވެ.

comment ކޮމެންޓް