ހަށިވިއްކާ ކަމުގެ ތުހުމަތުގައި މާލެއިން އަންހެނަކު ހައްޔަރުކޮށްްފި

ހަށިވިއްކަމުންދާ ކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ހ. ބިއުޓީ ހެލްތު ބޮޑީ ލައިފް އިން ހައްޔަރުކުރި ބިދޭސީ ހަތަރު އަންހެން ކުދިން ގެންދަނީ --- ސަންފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ގަލޮޅުގައި ހުރި ގެސްޓް ހައުސްއަކުން ބިދޭސީ އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ ގެސްޓް ހައުސްއިން އެ އަންހެން މީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައީ މާރާމާރީއެއް ރިޕޯޓް ކުރުމުން އެކަން ތަހްގީގް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން ދިޔައީ މާރާމާރީއެއްގެ ތަހްގީގަށް. ނަމަވެސް އެ ސަރަހައްދުން ލިބުނު މައުލޫމާތަކާ އެކު ގެސްޓްހައުސް އަށް ވަދެ ޗެކްކުރި ކުރުމުން ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީ އަންހެނަކު ވެސް ވަނީ ހައްޔަރު ކުރެވިފައި،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ހަށިވިއްކާ ކަމަށް ތުހުމަތުކުރެވިގެން ހައްޔަރު ކުރި މީހާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި މާރާމާރީއާ ގުޅިގެން ދެ ބިދޭސީއަކު ހައްޔަރުކުރި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ވެސް ފުލުހުން ނުދެ އެވެ.

comment ކޮމެންޓް