ލިޔުން އަޅައިގެން ހައްޔަރުކުރި ދެ ފުލުހުން ވަޒީފާ އިން ވަކިކޮށްފި

އިސްކަންދަރު ކޮއްޓަށް އެޅި ލިޔުންތައް -- ފޮޓޯ/ ވީއެފްޕީ
ޕީޕީއެމް އިން ބޭއްވި ޖަލްސާ އަކަށް ނުދިޔުމަށް ގޮވާލައި އިސްކަންދަރު ކޮއްޓަށް ލިއުންތަކެއް އެޅި މައްސަލައެއްގައި ދެ ފުލުހަކު ވަޒީފާ އިން ވަކިކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
"އަސްލު ޖަލްސާ"ގެ ނަމުގައި ޕީޕިއެމް އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ޖަލްސާއަށް ދާން އެންގި ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށް އިސްކަންދަރު ކޮށި ތެރެއަށް ލިއުންތައް އެޅި މައްސަލާގައި ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ދެ ކޯޕްރަލްއެކެވެ. އެ ދެ ފުލުހުންނަކީ އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހައްޔަރު ކުރި ދެ ފުލުހުންނެވެ.

ދިވެހި ސަރުކާރަށް އިންޒާރުދީ އިސްކަންދަރުކޮއްޓަށް އަޅާފައިވާ ލިޔުންތަކުގައި ބުނެފައި ވަނީ ފުލުހުންނާ ނުބެހޭ ކަންކަމުގައި ފުލުހުން ނުބެއްސުމަށް އެދި އަދި ފުލުހުންނަކީ ސަރުކާރުގެ ސިޔާސީ އެޖެންޑާ ދިފާއުކުރަން ތިބޭ ބައެއް ނޫން ކަމަށް ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް