20 އަހަރު ވީ އިރުވެސް އަދިވެސް އެންމެ މަގުބޫލީ ހޮންޑާ!

ޝީޝާ ޝޯރޫމްގައި ހުރި ސައިކަލުތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސައިކަލޭ ބުނެފި ނަމަ ގިނަ ދިވެހީންގެ ޚިޔާލަށް އެންމެ ފުރަތަމަވެސް އަންނާނެ ބަހަކީ ހޮންޑާއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ހިސާބެއްގައިވެސް ހޮންޑާ ސައިކަލެއް ނެތި ނުދާނެއެވެ. ޖަޕާނުގެ ހޮންޑާ މޮޓޯ ކޮމްޕެނީގެ ސައިކަލުތައް ރާއްޖޭގައި މިހާ އާންމުކުރީ ޝީޝާއެވެ.

މީގެ 20 އަހަރު ކުރިން، 1997 ވަނަ އަހަރު ހޮންޑާގެ ސޯލް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުކަން ލިބި، ދިވެހީންގެ ހިތްތައް ފަތަހަކުރުމުގެ ފުރުސަތު ހޮންޑާއަށް ލިބުނެވެ. އޭގެ 20 އަހަރު ފަހުން، އަދިވެސް މިކަމަށް ބަދަލެއް ނާދެއެވެ. ޝީޝާއަކީ ރާއްޖޭގެ ހޮންޑާއެވެ. ހޮންޑާ މޯލްޑިވްސްއެވެ.

އެންމެ ދެ މޮޑެލްގެ ސައިކަލު އިމްޕޯޓުކޮށްގެން ފެށި ނަމަވެސް، މިއަދު މިވަނީ އެއަށް ވުރެ މާ ގިނަ މޮޑެލްތަކެއްވެސް ރާއްޖެއަށް ގެނެސްފައެވެ.

ތިރީގައި މިވަނީ ރާއްޖޭގައި ހޮންޑާގެ މާކެޓާއި ކުރިމަގާ ގުޅޭގޮތުން، ހޮންޑާ މޯލްޑިވްސް (ޝީޝާ)އިން ސަންއަށް ދިން އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ. ހޮންޑާ މޯލްޑިވްސްގެ ފަރާތުން ވާހަކަދެއްކެވީ ހެޑް އޮފް މާކެޓިންގް ފާތިމަތު ޖުމާންއެވެ.

ހޮންޑާ މޯލްޑިވްސްގެ ވެބްސައިޓު ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު އަފްރާހު

އެންމެ ކުރީއްސުރެ ރާއްޖޭގައި ހުރީ ހޮންޑާ ސައިކަލު. މިއަދުވެސް ހަމަ އެހެން. ތަފާތު އެހެން ބްރޭންޑުތަކެއް އައި ނަމަވެސް ހޮންޑާގެ މަގުބޫލުކަން ދަނީ އިތުރަށް ބޮޑުވަމުން. ކީއްވެގެންތޯ ހޮންޑާ ޚިޔާރުކުރަން ޖެހެނީ؟

"ސައިކަލަކީ މިހާރު މީހެއްގެ ދެ ފަޔޭ ބުންޏަސް ނުވާނެ ދޮގަކަށް. އޭގެ ޚިދުމަތްތައް ދޭންޖެހޭ. އާފްޓަރ ސޭލްސް ސާވިސްވެސް ދޭންޖެހޭ. މި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަން. ހޮންޑާ މޯލްޑިވްސްއިން ހަމައެކަނި ސައިކަލު ވިއްކާލާފައި އެކަން ނިންމާލަނީއެއް ނޫން. އާފްޓަރ ސޭލްސް ސާވިސްއަކީ ކަންނޭނގެ އެ މުއާމަލާތުގައި އެންމެ މުހިންމު ކަމަކީ. އެ ޚިދުމަތް އަޅުގަނޑުމެން ދެން.

ހޮންޑާއަކީ އެންމެ ފިއުލް އެފިޝެންޓް، އެންމެ ޑިއުރަބަލް އަދި އެންމެ ހެންޑްލް ކުރަން ފަސޭހަ ސައިކަލުތައް. އެކަން ފެނިވަޑައިގަންނަވާނެ ކަންނޭނގެ، މީގެ 10 ވަރަކަށް އަހަރު ކުރީގެ ހޮންޑާ ސައިކަލުތައް އަދިވެސް ދަނީ ބޭނުންކުރަމުން. ހޮންޑާ ޚިޔާރު ކުރަންޖެހެނީ އަޅުގަނޑުމެންގެ ސައިކަލުތަކުގައި އެފަދަ ފީޗާތައް ހުންނާތީ."

ހޮންޑާ މޯލްޑިވްސްގެ ވެބްސައިޓު ލޯންޗުކުރުން: މި ވެބްސައިޓު ލޯންޗު ކޮށްދެއްވީ ޝީޝާގެ ތިން ޑިރެކްޓަރުން -- ސަން ފޮޓޯ/މުހައްމަދު އަފްރާހު

މިހާރު ހޮންޑާގެ ގިނަ މޮޑެލްތަކެއް ރާއްޖޭއަށް ތައާރަފުކޮށްފި. މީގެ ކުރިން ރާއްޖޭގައި ގެންގުޅުނު ހޮންޑާ ޑްރީމް ފަދަ މޮޑެލްތަކަށް އަދިވެސް ރިކުއެސްޓް އާދޭތޯ؟

"ރިކުއެސްޓް އާދޭ ވޭވްގެ ކުރީގެ ސައިކަލުތަކަށް. ޚާއްސަކޮށް ވޭވް 125އެސް އަށް ވަރަށް ރިކުއެސްޓް އާދޭ. އެކަމަކު ވާ ގޮތަކީ، ހޮންޑާއިން ވަނީ އެތަކެތީގެ ޕްރޮޑަކްޝަން ހުއްޓާލާފައި. ޕްރޮޑަކްޝަން ހުއްޓާލީމަ ދެން އިތުރަކަށް އެޔެއް ނުލިބޭނެ. ދެން ހޮންޑާއިން މެނުފެކްޗަރ ކުރާނީ ކުރިޔަށް ވުރެ މާ ރަނގަޅު، އެޑްވާންސްޑް ސައިކަލުތަކެއް. އެގޮތަށް ހޮންޑާ ސައިކަލުތައް ވަރަށް ފާހަގަކޮށްލެވޭނެ. މިހާރު ހުރި ސައިކަލުތަކުގެ ޕްރޮޑަކްޝަން ހުއްޓާލާފައިވެސް ދެން އުފައްދާ ސައިކަލުތައް މާ ފިއުލް އެފިޝަންޓްވެފައި، އޭގެ ޓެކްނޮލޮޖީ މާ އެޑްވާންސް ވާނެ."

ޝީޝާ ޝޯރޫމެއް--

ހޮންޑާއަކީ ދިވެހީންގެ މެދުގައި އެންމެ މަގުބޫލޭ ބުނާ އިރު، އެކަމަށް ދެއްކެން އޮތީ ކޮން ކަހަލަ ހެއްކެއް؟

"ހޮންޑާއަކީ ހަމަ އެންމެ މަގުބޫލު ސައިކަލު ބްރޭންޑު. މިހާރު މާލޭގައި ސައިކަލު ޓެކްސީގެ ޚިދުމަތް ފަށާފައިވާ އިރު، އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އެ ޚިދުމަތުގައި ބޭނުންކުރަނީ ހުސް ހޮންޑާ ސައިކަލު. މީގެ އިތުރުން މާލޭގެ ސައިކަލު ޑްރައިވިންގް ސްކޫލުތަކުގައި ވެސް ބޭނުންކުރަނީ ހޮންޑާ ސައިކަލު. ޑްރައިވިންގް ސްކޫލްތަކުން ވަރަށް ރަނގަޅު ފީޑްބެކްވެސް އާދޭ. އެތަންތަނުން ބުނާ ގޮތުން ހަމަ ހޮންޑާ ސައިކަލު ވަރެއް ނެތް، ސައިކަލު ދުއްވަން ދަސްކޮށްދިނުމަށް ވެސް."

ހޮންޑާގެ ވިޔަފާރި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ ވިސްނުން އެބަހުރިތޯ؟ މިކަން ކުރުމަށް ވިސްނަނީ ކޮން ގޮތަކަށްތޯ؟

"އަޅުގަނޑުމެންގެ އިންޓެރެސްޓް މިވަގުތު އަސްލު އޮތީ އަތޮޅުތެރެއަށް ހޮންޑާ އެކްސްޕޭންޑް ކޮށްލަން. މިހާރު މާލެއާ ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ ހިތަޑޫގައިވެސް ހޮންޑާ މޯލްޑިވްސްގެ ޝޯރޫމްސް އަދި ސާވިސް ސެންޓާސް ހުންނާނެ. މިހާރު އޮންގޮއިންގް ޕްރޮޖެކްޓެއް، ރާއްޖޭގެ އެންމެ އުތުރުން ހދ. ކުޅުދުއްފުށީގައި ސޭލްސް، ސާވިސް އަދި ސްޕެއާ ލިބޭ ގޮތަށް ހޮންޑާގެ އައުޓްލެޓެއް ހުޅުވުމަށް. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހޮންޑާ ކުޅުދުއްފުށި ޝޯރޫމް ހުޅުވިގެންދާނެ."

ރާއްޖޭގައި ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ޝީޝާ. އެކަމަކު އެހެން ކުންފުނިތަކުންވެސް ހޮންޑާ އެތެރެކޮށްގެން އޭގެ ވިޔަފާރި ކުރާތަން ފެނޭ. ކޮބާތޯ އަސްލު ހޮންޑާއަކީ؟

"މިކަމުގެ ސަބަބުން އަސްލު ކަސްޓަމަރުންގެ މެދުގައި ކޮންފިއުޝަނެއް އާދޭ. އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ގޮތުގައި ޝީޝާއިން ހޮންޑާ ގެނޭ. އެހެން ކުންފުނިތަކުންވެސް އެބަ ގެނޭ. އެކަމަކު އެހެން ފަރާތްތަކުން ގެންނަ ހޮންޑާއަށް އެއްވެސް މީހަކަށް ގެރެންޓީއެއް ނުދެވޭނެ.

ހޮންޑާއަކީ ވަރަށް ޑިމާންޑު އޮތް ސައިކަލެއް. އެންމެ ފަހުން އަޅުގަނޑުމެން ހޮންޑާ މޯލްޑިވްސްގެ ނަމުގައި ހޮންޑާގެ އޮފިޝަލް ވެބްސައިޓެއްވެސް ލޯންޗުކުރީ، އަޅުގަނޑުމެންނަކީ ހޮންޑާގެ ރަސްމީ ޑިސްޓްރިބިއުޓަރުކަން ކަމުގެ ޔަގީންކަން ދިނުމަށްޓަކައި. އަޅުގަނޑުމެން ކަސްޓަމަރުންނަށް އެޝުއަރ ކޮށްދޭން ބޭނުންވޭ، ކޮލިޓީ ކޮމްޕްރޮމައިޒް ނުކުރާނެކަން."

ޝީޝާއިން އެތެރެކުރާ ހޮންޑާއާ އެހެން ފަރާތްތަކުން އެތެރެކުރާ ހޮންޑާ ސައިކަލާ ހުންނަނީ ކޮންކަހަލަ ތަފާތެއް؟

"ޝީޝާއިން ހަމަ ގައިމުވެސް ހޮންޑާ ސައިކަލު އެތެރެކުރަނީ ސީދާ ހޮންޑާއިން. އަޅުގަނޑުމެން ހޮންޑާއިން ހަދާފައި ހުންނަ ސައިކަލުތަކެއް ގަންނަނީއެއް ނޫން. ޑިމާންޑާ އެއްވަރަށް އަޅުގަނޑުމެން ދޭ އޯޑަރަށް ހޮންޑާއިން ސީދާ އަޅުގަނޑުމެންނަށް ސައިކަލު ހަދައިދެނީ. ހުރިހާ މޮޑެލެއްވެސް ޑިމާންޑާ އެއްގޮތަށް ހަދައިދޭ. ހޮންޑާއިން ސައިކަލު ޕްރޮޑިއުސް ކޮށްފައި، ހޮންޑާގެ އޮރިޖިނަލް ޕެކިންގްގައި މިކޮޅަށް ފޮނުވާނީ. ނޯބޮޑީ އެލްސް ޓަޗަޒް އިޓް. ސީދާ ފެކްޓްރީޢިން ޝިޕް ކޮށްގެން މިކޮޅަށް އަންނަނީ.

ދިސް ކަމްސް ޑިރެކްޓްރީ ޓު އަވަރ ހޭންޑް. މެދުވެރިއެއް ނެތި. އެއީ އޮތޮރައިޒްޑް ޑީލަރަކަށް ވާތީ އޮންނަ ތަފާތު.

ހޮންޑާގެ ވާދަވެރިންވެސް މިހާރު ގިނަ. އެކަމަކު މިއީ ރާއްޖޭގެ ހަމައެކަނި ހޮންޑާއާކީ. ވީ އާ ދަ ހޮންޑާ އިން މޯލްޑިވްސް. ޝީޝާއިން ސައިކަލަށް ދޭ ވޮރެންޓީއަކީ ހޮންޑާގެ އޮފިޝަލް ވޮރެންޓީ. އެހެން ފަރާތްތަކުން ފިހާރައިން ދޭ ފަދަ އެއްޗެއް ނޫން."

ޝީޝާ ޝޯވރޫމް -- ސަން ފޮޓޯ/ފަޔާޒް މޫސާ

ހޮންޑާގެ މާކެޓް ރާއްޖޭގައި ދެމެހެއްޓުމަށް ހޮންޑާ މޯލްޑިވްސްއިން ކުރަނީ ކޮން މަސައްކަތެއްތޯ؟

"މާކެޓު ދެމެހެއްޓުމަށް މި ބަލަނީ ޑިމާންޑާ އެއްވަރަށް ސައިކަލު ސަޕްލައި ކޮށްދެވޭތޯ. ރާއްޖެއަކީ ކުޑަ ޕޮޕިއުލޭޝަނެއް ވިޔަސް ވަރަށް ބައިވަރު ވެރައިޓީތަކެއް ގެންގުޅެން މަޖުބޫރުވޭ. އަންހެނުންވެސް ގިނަ އަދަދަކަށް ސައިކަލު ދުއްވާ. އެކި އޭޖް ގްރޫޕުތަކުންވެސް އެކި މޮޑެލްތަކަށް ޑިމާންޑު ކުރަނީ. އެހެންވީމަ ވަރަށް މަސައްކަތް ކުރަން މި ހުރިހާ ބަޔަކަށް ބޭނުންވާ ސައިކަލުތައް ކޭޓަރކޮށް، ކޮލިޓީ މެއިންޓެއިންކޮށް، އާފްޓަރ ސޭލްސް ސާވިސްވެސް އިމްޕްރޫވް ކުރެވޭތޯ."

ކޮބައިތޯ ދިވެހީންގެ މެދުގައި ހޮންޑާގެ އެންމެ މަގުބޫލު މޮޑެލްއަކީ؟

"އެހެން އަސްލު ވަކި މަގުބޫލު މޮޑެލްއެއް ޖެނެރަލްކޮށް ފާހަގައެއް ނުކުރެވޭނެ. އެއީ މާކެޓްގެ އެކި ސެގްމެންޓްސް ހުންނަ އިރު، ކޮންމެ ސެގްމެންޓެއްގެ މެދުގައި މަގުބޫލު ތަފާތު ސައިކަލުތައް ހުރޭ. މިސާލަކަށް، ޔަންގް އޭޖް ކުދިން ޒޫމަރއާ އެއާބްލޭޑާ ޕީސީއެކްސް ކަހަލަ ފެންސީ އެއްޗެއްސަށް ޑީމާންޑް ކުރޭ. ތަންކޮޅެއް ހަރު ވިސްނުމުގެ، މެޗުއާޑް މީހުންނަށް ބޮޑަށް ކަމުދަނީ ވޭވް މޮޑެލް. ވޭވް މޮޑޭލްއަކީ ފިއުލް އެފިޝެންޓް، ލޯ މެއިންޓެނަންސް މޮޑެލްއެއް.

މޫވްއާއި ސްކޫޕީއަކީ އަންހެނުންގެ މެދުގައި ވަރަށް މަގުބޫލު މޮޑެލްތަކެއް. އެއީ ހެންޑްލް ކުރަން ފަސޭހަވެފައި، އެޑްވާންސްޑް ޓެކްނޮލޮޖީގެ އިތުރުން، ސޭފްޓީ ރަނގަޅު ފީޗާރތަކެއްވެސް އޭގައި އެކުލެވޭތީ."

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސައިކަލު އެކްސިޑެންޓްތައް ވަރަށް އާންމުވެއްޖެ. ގިނަ ބައެއްގެ ފުރާނަވެސް ގޮސްފައިވޭ މިފަދަ އެކްސިޑެންޓްތަކުގައި. މިފަދަ ހާލަތެއްގައި އާންމުން ހޭލުންތެރިކުރުވުމަށް ހޮންޑާގެ ޒިންމާއެއް އޮތް ކަމަށް ގަބޫލުކުރަންތޯ؟

"ވަރަށް ބޮޑަށް ފާހަގަކުރެވޭ، އައްޑޫ ސިޓީގައި އެންމެ ގިނަ އެކްސިޑެންޓް ހިނގައި، އަދި އެފަދަ ހާދިސާތަކުގައި މީހުން ނިޔާވެފައި ހުރީވެސް. އެހެންވީމަ އަޅުގަނޑުމެން ރާވަމުން އެބަ ގެންދަން އައްޑޫގައި ސައިކަލު ދުއްވާ ފަރާތްތަކުގެ މެދުގައި، ސްޕީޑު ލިމިޓަށް ވުރެ އިތުރު ނުވާނެ ގޮތަކަށް ދުއްވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ވަރަށް އަވަހަށް އެބަ ފަށަން."

comment ކޮމެންޓް