ރަސްފަންނަށް ޓަކޯބެލް އަދި ޑެލިފްރާންސް ވެސް ގެންނަނީ!

23 ފެބްރުއަރީ 2017: ރަސްފަންނު ޕެވިލިއަންގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ދައްކާލުން: ޕެވިލިއަންއަށް ކޭއެފްސީއާއި ޕިއްޒާހަޓުގެ އިތުރުން އިތުރު ދެ ފްރެންޗައިޒެއްވެސް ގެނައުމަށް ވަނީ ނިންމާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެކްސިކަން ރަހަތަކަށް ޚާއްސަ ބައިނަލްއަގުވާމީ ފްރެންޗައިޒް ޓަކޯބެލް އާއި ފްރެންޗް ސްޓައިލް ބޭކަރީ ފުޑް ވިއްކާ ފްރެންޗައިޒް ޑެލިފްރާންސް ވެސް ރަސްފަންނަށް ގެންނަން ނިންމައިފި އެވެ.

ރަސްފަންނުގައި ހަދާ ޕެވިލިއަން ތަރައްގީކުރުމަށް ހަވާލުކޮށްފައި ވަނީ ބްރަދާސް ކޭޓަރިންގް ކުންފުންޏާ އެވެ. ގެމާ ކާސްޓަވޭ ނަމަކަށް ކިޔާ ކުންފުންޏަކާ ގުޅިގެން ބްރަދާސް ކޭޓަރިންގް އިން ކުރިޔަށް ގެންދަނީ، ކޭއެފްސީ އަދި ޕިއްޒާހަޓާ އެކު ރަސްފަންނު ޕެވިލިއަން ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ.

ބްރަދާސް ކޭޓަރިންގްއިން މިއަދު ބުނި ގޮތުގައި، ރަސްފަންނު ޕެވިލިއަން ހުޅުވާނީ އެ ދެ ފްރެންޗައިޒާ އެކު އެވެ. އަދި ފަހުން ޑެލިފްރާންސް އަދި ޓަކޯބެލް ވެސް ގެންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.

23 ފެބްރުއަރީ 2017: ރަސްފަންނު ޕެވިލިއަންގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ދައްކާލުން: ޕެވިލިއަންއަށް ކޭއެފްސީއާއި ޕިއްޒާހަޓުގެ އިތުރުން އިތުރު ދެ ފްރެންޗައިޒެއްވެސް ގެނައުމަށް ވަނީ ނިންމާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ގްރައުންޑް ފްލޯގައި އިންނާނީ ކޭއެފްސީ. މަތީގައި ޕިއްޒާ ހަޓު. އަޅުގަނޑުމެން ޕްލޭން ކުރަނީ ޑެލިފްރާންސް އަދި ޓަކޯބެލް ވެސް މިތަނަށް އިތުރަށް ގެންނަން،" ގެމާ ކާސްޓަވޭ މޯލްޑިވްސްގެ ޗެއާމަން ހުސައިން ހިލްމީ ވިދާޅުވި އެވެ.

"ހުރިހާ ބްރޭންޑެއްގެ ހުރިހާ ކަމެއް ނިންމައިގެން މިތަން ހުޅުވުމުގެ ބަދަލުގައި އަޅުގަނޑުމެން މިތަން ފަށާނީ ކޭއެފްސީ އަދި ޕިއްޒާހަޓާ އެކުގައި،"

23 ފެބްރުއަރީ 2017: ރަސްފަންނު ޕެވިލިއަންގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ދައްކާލުން: ޕެވިލިއަންއަށް ކޭއެފްސީއާއި ޕިއްޒާހަޓުގެ އިތުރުން އިތުރު ދެ ފްރެންޗައިޒެއްވެސް ގެނައުމަށް ވަނީ ނިންމާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބްރަދާސް ކޭޓަރިންގްއަށް ޕެވިލިއަން ހެދުމަށް ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ. ހަ މަސް ދުވަހުގެ ތެރޭގައި އެތަން ތަރައްގީކޮށް ހުޅުވާނެ ކަމަށް އޭރު އެކުންފުނިން ބުނި ނަމަވެސް، މިއަދު އެކުންފުނިން ބުނި ގޮތުގައި ޕެވިލިއަންގެ މަސައްކަތް ނިންމައި، އެތަން ހުޅުވުމަށް އިތުރު ހަތަރު މަސް ވަރު ބޭނުންވެ އެވެ.

comment ކޮމެންޓް