މެންޗެސްޓާ ޔުނައިޓެޑުން ޔޫރޮޕާލީގުގެ ގަދަ 16 ކަށަވަރުކޮށްފި

ޔުނައިޓެޑަށް ގޯލް ކާމިޔާބުކޮށްދިން ހެންރިކް މިކިތާރިޔަން- ފޮޓޯ/ ބީބީސީ

ޔޫރަޕާ ލީގުގެ ގަދަ 16އަށް މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފި އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ގަދަ 16 އިން ޖާގައެއް ޔަގީން ކުރީ ފްރާންސްގެ ސެއިން އެޓިއެންގެ މައްޗަށް، 0-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެ ދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-0 ގެ ނަތީޖައަކުން ކާމިޔާބުކުރީ ޔުނައިޓެޑުންވެ. ޔުނައިޓެޑް ގަދަ 16 އަށް ދަތުރުކުރީ ދެ ލެގު 4-0 ގެ އެގްރިގޭޓުން ކާމިޔާބުކޮށްގެންނެވެ.

ޔުނައިޓެޑަށް ގަދަ 16 ކަށަވަރުކޮށްދިން ގޯލް މެޗުގެ 16 ވަނަ މިނިޓްގައި ޖަހައިދިނީ ހެންރިކް މިކިތާރިޔަންއެވެ. ނަމަވެސް ގޯލް ޖެހިތާ މާގިނަ އިރުތަކެއް ނުވެ އޭނާވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަދައްކަމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ ކުޅުންތެރިންނަށް އަބަދުވެސް ވިސްނައިދެނީ އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ކަމަށާއި އަދި އަބަދުވެސް ކުޅުނތެރިންގާތު ބުނަނީ މެޗުގެ ކޮންޓްރޯލް އަމިއްލަ ޓީމު އަތުން ގެއްލުވާނުލާ ކުޅުމަށް ކަމަށެވެ.

"އަހަރެން އަބަދުވެސް ބުނަން މެޗުގެ ކޮންޓްރޯލް އޮންނަންވާނީ އަހަރެމެން އަތުގައޭ،ކިތަންމެ އުނދަގޫ ކަމަކަށްވިޔަސް އަހަރެން އަބަދުވެސް ކުޅުންތެރިންނަށްދެ މެސެޖަކީ އަބަދުވެސް ވަރުގަދަކޮށް މޮޅުވާން ކުޅުން،" މޮރީނިއޯ ބުންޏެވެ.

ޔޫރޮޕާލީގުގެ ގަދަ 16 އަށް ޔުނައިޓެޑްގެ އިތުރުން ރޭ ވަނީ ޖަރުމަނުގެ ޝާލްކޭ ވެސް ދަތުރުކޮށްފަ އެވެ.

comment ކޮމެންޓް