ކާރު ދޫކޮށްލުމަށް ފަހު ރަންބީރު ޝޫޓިންއަށް ދަނީ ފެރީގައި

ރަންބީރު ކަޕޫރު: މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަންޖޭ ދަތުގެ ބަޔޮޕިކްގައި

ސަންޖޭ ދަތުގެ ބަޔޮޕިކްގެ ޝޫޓިންއަށް ފިލްމުގެ ލީޑު އެކްޓަރު ރަންބީރު ކަޕޫރާއި، ފިލްމުގެ ކްރޫ ދަނީ ފެރީގައި ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުން، ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ މުމްބާއީގެ މަދް އައިލެންޑްގަ އެވެ. ޝޫޓިންއަށް ދިއުމަށް ރަންބީރު އަދި ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަށް ވެސް ކާރުގައި ދެ ގަޑިއިރަށް ވުރެ ދިގު ދަތުރެއް ހޭދަކުރަން ޖެހޭ ކަމަށްވެ އެވެ.

އެހެންކަމުން ކޮންމެ ދުވަހަކު ދިގު ދަތުރެއް ނުކޮށް، ފަސޭހަ އިން ޝޫޓިން އަށް ދިއުމަށް ރަންބީރު އަދި ހިރަނީ ނިންމައި، ކާރުގެ ބަދަލުގައި އާންމުން ދަތުރު ކުރާ ފެރީއެއް ޚިޔާރު ކުރީ އެވެ.

ފެރީގައި ދަތުރު ކުރުމުން ކްރޫ އަށް އެތައް ވަގުތެއް ސަލާމަތް ވާކަމަށް ޚަބަރުތައް ބުނެ އެވެ.

އެ ޓީމުން ފުރަތަމަ ފެރީގައި ދަތުރު ކުރަން ފެށުމުން އާންމު ރައްޔިތުން ހައިރާންވެ ފޮޓޯ ނަގާ ހެދި ނަމަވެސް، މިހާރު ރަންބީރު އަދި ހިރާނީ އާއެކު ދަތުރު ކުރުމަށް އާދަވެފައި ވާކަމަށް ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް