ލަންކާގައި ގެއްލުނު ދިވެހި މީހާ ފެނިއްޖެ

ލަންކާގައި ގެއްލިގެން ހޯދަމުން ދިޔަ ފ. ފީއަލީ، އުމުރުން 67 އަހަރުގެ މުޙައްމަދު ޢަލީ (ކ) ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ތަރޑް ސެކްރެޓަރީ އަބްދުއްރަޝީދު އާދަމް (ވ)އާއެކު. -- ސަން ފޮޓޯ: ކިޔުންތެރިއެއް

ސްރީ ލަންކާގައި މިއަދު ގެއްލިގެން ހޯދަމުން ދިޔަ، ފ. ފީއަލީ، އުމުރުން 67 އަހަރުގެ މުޙައްމަދު އަލީ ފެނިއްޖެއެވެ.

ރާއްޖޭގެ ޚާރިޖިއްޔާގެ ޕޮލިޓިކަލް ޑިރެކްޓަރު ހީނާ ވަލީދު، ސަންއަށް ވިދާޅުވީ، އެމީހާ ފެނުނީ ޕާމަންކަޑަ ސަރަހައްދުން، ލަންކާގެ އޮޓޯ ޑްރައިވަރަކަށް ކަމަށެވެ. އަދި މުޙައްމަދު އަލީގެ ހާލު ރަނގަޅުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ޑްރައިވަރު ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ގުޅީ. ދެން އެމްބަސީން އެމީހާއާ ހަވާލުވެ، މިހާރުވަނީ އާއިލާއާ ހަވާލުކޮށްފައި،" ހީނާ ވިދާޅުވިއެވެ.

ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ތާރޑް ސެކްރެޓަރީ އަބްދުއްރަޝީދު އާދަމް މިރޭ ސަންއަށް ވިދާޅުވީ، މުޙައްމަދު އަލީ ފެނުނީ މިރޭ 10:40 ކަންހާއިރު ސޯސަންވިލާ ކައިރިން ކަމަށެވެ.

"ސޯސަންވިލާ ކައިރީ އުޅޭ އޮޓޯ ޑްރައިވަރެއް އަޅުގަނޑަށް ގުޅީ. އެއީ މިރޭ 22:39ގައި،" އަބްދުއްރަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް