ސްޕޯޓްސް ކޯޕަރޭޝަނުން މެޑިކަލް އޮފިސަރުން ތަމްރީން ކުރަނީ

ކުލަބުތަކާއި ކުޅިވަރު އެސޯސިއޭޝަނުތަކުގެ މެޑިކަލް އޮފިސަރުންނަށް ހާއްސަކޮށްގެން ފުރަތަމަ އެހީއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ޓްރެއިނިންގ ޕްރޮގްރާމުގެ ތެރެއިން--ފޮޓޯ: ސްޕޯޓްސް ކޯޕަރޭޝަން

ކުލަބުތަކާއި ކުޅިވަރު އެސޯސިއޭޝަނުތަކުގެ މެޑިކަލް އޮފިސަރުންނަށް ހާއްސަކޮށްގެން ފުރަތަމަ އެހީއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އެ ޓްރެއިނިން ޕްރޮގްރާމް ފަށާފައި ވަނީ މިއަދުއެވެ. އެ ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށް ގެންދަނީ ސްޕޯޓްސް ކޯޕަރޭޝަނާއި މޯލްޑިވްސް ރެޑްކްރެސެންޓް ގުޅިގެންނެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ އެ ޕްރޮގްރާމްގެ ތެރެއިން ކްލަބުތަކާއި ކުޅިވަރު އެސޯސިއޭޝަނުތަކުގެ މެޑިކަލް އޮފިސަރުންނާ ފުރަތަމަ އެހީއާ ބެހޭ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށާއި ފުރަތަމަ އެހީ ދޭނެ ގޮތުގެ އަމަލީ ތަޖުރިބާވެސް ޓްރެއިން ޕްރޮގްރާމްގެ ބައިވެރިންނަށް ލިއްބައިދޭނެ ކަމަށެވެ. އެ ޕްރޮގްރާމްގައި ކިޔަވާދެނީ މޯލްޑިވްސް ރެޑްކްރެސެންޓުގެ ކަމާބެހޭ ތަޖުރިބާކާރުންނެވެ.

ފުތަމަ އެހީއާ ގުޅޭ ސިލްސިލާގެ ޓްރެއިނިން ޕްރޮގްރާމްގެ ފުރަތަމަ ފައްޓަވައި ދެއްވީ ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ އަބްދުއްރައްޒާގް އިބްރާހިމެވެ. އެ ޕްރޮގްރާމާ ގުޅޭ ގޮތުން ރައްޒާގް ވިދާޅުވީ ކުޅިވަރު ކުލަބުތަކާއި އެސޯސިއޭޝަންތަކުގެ މެޑިކަލް އޮފިސަރުންނަށް ފުރަތަމަ އެހީއާ ބެހޭ މައުލޫމަތު ގެނެސްދިނުމަކީ މުހިއްމު ކަމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ޕްރޮގްރާމްތައް އެ ކޯޕަރޭޝަނުން ރާވާ ކުރިއަށް ގެންދާނެ ކަމަށެވެ.

comment ކޮމެންޓް