ލިސްޓުގައި ނަން ނެތުމުން ވަރުން ދަވަން އަށް ވޯޓު ލެވޭ ގޮތެއް ނުވި

ވަރުން ދަވަން

އިއްޔެ އިންޑިއާގެ މަހާރާޝްތުރައިގެ އެކި ހިސާބުތަކުގައި ކުރިއަށް ދިޔަ ބްރިހަންމުމްބާއި މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިންތިޚާބުގައި ބޮލީވުޑުގެ އެކްޓަރު ވަރުން ދަވަން އަށް ވޯޓު ލެވޭ ގޮތެއް ނުވި އެވެ.

ވަރުން އަށް ވޯޓު ލެވޭގޮތް ނުވީ ވޯޓު ލާ މީހުންގެ ލިސްޓުގައި އޭނާގެ ނަން ނެތުމުގެ ސަބަބުންނެވެ. ލިސްޓުގައި ނަން ނެތް ކަން އެނގުނީ ވަރުން ވޯޓު ލާން ދިޔަ ފަހުންނެވެ.

ވަރުން ބުނީ ލިސްޓުގައި އޭނާގެ ނަން ނެތް ސަބަބެއް ނޭނގޭ ކަމަށާއި، މިދިޔަ އަހަރު ވެސް އެ އިންތިޚާބުގައި އޭނާ ވޯޓު ލާފައި ވާނެ ކަމަށެވެ.

"އަހަރެންގެ ނަން އޮތް ތަނެއް ހޯދަން މި ދަނީ އިލެކްޝަންސް ކޮމިޝަނަށް،" ވަރުން ބުނެފައިވެ އެވެ.

ވަރުން އަށް އިންތިޚާބުގައި ވޯޓު ނުލެވުނު ނަމަވެސް، ޝްރައްދާ ކަޕޫރު، އަނުޝްކާ ޝަރްމާ، ޖޯން އަބްރަހަމް، ރަންވީރު ސިން ފަދަ ބޮލީވުޑުގެ ގިނަ އަދަދެއްގެ ފަންނާނުން ވަނީ އިންތިޚާބުގައި ވޯޓު ލާފަ އެވެ.

comment ކޮމެންޓް