ޝާހިދުގެ ޕާޓީއަށް ރަންވީރު ދިއައީ ކެޓްރީނާ އާ އެކު؟

ބޮލީވުޑުގެ ހުނަރުވެރި އެކްޓަރު ޝާހިދު ކަޕޫރުގެ އުފަންދުވަސް ފާހަގަ ކުރުމަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވަނީ ގިނަ ފަންނާނުން ތަކެއް ހިމެނޭ ގޮތަށް ކުލަގަދަ ޕާޓީއެއް ބާއްވައިފަ އެވެ.

ޕާޓީ އަށް ފަހު އެންމެ ބާރަށް ދެކެވުނު ވާހަކަ އަކީ އެ ހަފްލާގެ ތެރެއިން ދީޕިކާ ޕަދުކޯން އަދި ކެޓްރީނާ ކައިފް ބައްދަލުވެ އެކުގައި ވަގުތު ހޭދަކުރި ވާހަކަ އެވެ.

ނަމަވެސް އެ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް މިހާރު މިވަނީ ޚަބަރުތައް ބުނެފަ އެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ސްޕޮޓްބޮއި ގައި ބުނެފައި ވަނީ ކެޓްރީނާ ޕާޓީ އަށް ދިޔައީ ދީޕިކާ ޕާޓީ އިން ދިޔަ ފަހުން ކަމަށެވެ.

އެގޮތުން ދީޕިކާ ޕާޓީއަށް ދިޔައީ ރޭގަނޑު ހަތެއް ޖެހި އިރު ކަމަށާއި 9:21ގައި ދީޕިކާ ޕާޓީ ނިންމާލުމަށް ފަހު ނުކުމެފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައިވެ އެވެ. އަދި ކެޓްރީނާ ޕާޓީ އަށް ދިޔައީ އޭގެ ހަ މިނެޓު ފަހުން ކަމަށް ވެ އެވެ.

ނަމަވެސް މިހާރު ދެކެވެމުން އަންނަނީ ދެ މީހުން ބައްދަލު ނުވާ ވާހަކަ އެއް ނޫނެވެ. ކެޓްރީނާގެ ފަހަތުން ޕާޓީއަށް ވަދެގެން އައި ފަންނާނުގެ ވާހަކަ އެވެ.

ކެޓްރީނާ ޕާޓީ އަށް ހާޒިރުވިތާ 10 ވަރަކަށް މިނެޓު ފަހުން ދެން އައީ ދީޕިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވޭ ރަންވީރު ސިންގް އެވެ. ރަންވީރު ޕާޓީ އަށް ގޮސް އެންމެ ފުރަތަމަ ވެސް ދިޔައީ ކެޓްރީނާގެ ގާތަށް ކަމަށްވެ އެވެ.

އަދި ދެމީހުން ޕާޓީ ނިންމާލުމަށް ފަހު ނުކުމެގެން ދިޔައީ ވެސް އެކު އެކީގައި ކަހަލަ ގޮތަކަށެވެ.

ކެޓްރީނާ އާއި ދީޕިކާ އާ ދެމެދު ނުތަނަވަސްކަން އުފެދިފައި ވަނީ ރަންބީރު ކަޕޫރުގެ ސަބަބުންނެވެ. ދެމީހުން ވެސް ވަނީ މީގެ ކުރިން ރަންބީރު އާ ލޯބީގެ ގޮތުން ގުޅިފަ އެވެ.

ރަންވީރު އަދި ކެޓްރީނާ އެކުގައި ވަގުތު ހޭދަކުރަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފައި މިވަނީ ދީޕިކާ އާއި ރަންވީރުގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ވާހަކަ ދެކެވޭ ދަނޑިވަޅެއްގަ އެވެ.

comment ކޮމެންޓް