ފީނަން ފޭބި ފަތުރުވެރިޔާ ކަނޑު އަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ

އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދެއް

ލ. ކައްދޫ ކައިރީ އޮތް ސަފާރީ އަކުން ފީނަން ފޭބިފަހުން ގެއްލިގެން ހޯދަމުން ދިޔަ ފަތުރުވެރިޔާ ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުންގެ ކެޕްޓަން އިބްރާހީމް އާޒިމް މިރޭ ވިދާޅުވީ އެމްއެންޑީއެފްގެ ޑައިވަރުންނާއި ސިކްސް ސެންސަސް ރިސޯޓްގެ ޑައިވަރުން ކުރި މަސައްކަތުން އެމީހާ ކަނޑު އަޑީގައި މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ.

އެއީ 23 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އޭނާ ފީނަން ފޭބީ މިއަދު މެންދުރު ފަހު 14:30 ހާއިރު ކަމަށާއި އެ ސަފާރީ އުޅަނދުގައި އޭނާއާ އެކު ހަ މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް