އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރާ ނަޝީދު ބައްދަލުކުރައްވައިފި

ރައީސް ނަޝީޑު އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ޒައިދު ރައާދު އަލް ޙުސައިންއާއި ކުރެއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް ނަޝީދުގެ އޮފީސް

އދ.ގެ ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރައާދު އަލް ޙުސައިނާ ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ޒައިދު ރައާދުއާ ނަޝީދު ބައްދަލުކުރެއްވީ މިއަދު ހެނދުނު ޖެނީވާގައެވެ. ރައީސް ނަޝީދުގެ އޮފީހުން ވިދާޅުވީ ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ހީނަރުވަމުން އަންނަ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ރައީސް ނަޝީދު ޒައިދު ރައާދުއަށް މަޢުލޫމާތު އެރުއްވިއެވެ.

ރާއްޖޭގައި ހިނގަމުން އަންނަ ކަންކަން ގާތުން ބައްލަވާ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އަދި ހުރިހާ ފަރާތްތަކަށް ޖާގަ ދެވޭނެ އިންތިޚާބަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ހައިކޮމިޝަނަރ ވިދާޅުވިކަމަށްވެސް އެއޮފީހުން ވިދާޅުވި އެވެ.

comment ކޮމެންޓް