ހާއްސަ ދައުވަތަކަށް ސީޕީ އަރީފް ޖަޕާނަށް

އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ސީޕީ އަހުމަދު އަރީފް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ޕޮލިސް

ދިވެހި ފުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީންގެ ފުރުސަތުތަކާ ގުޅޭގޮތުން ޖަޕާން ފުލުހުންގެ އިސްވެރިންނާއެކު މަޝްވަރާތަކެއް ކުރެއްވުމަށް ރަސްމީ ދަތުރުފުޅެއްގައި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ޖަޕާނަށް ފުރާވަޑައިގެންފިއެވެ.

ޖަޕާންގެ ނޭޝަނަލް ޕޮލިސް އޭޖެންސީގެ ދައުވަތަކަށް ސީޕީ އަރީފް ޖަޕާނަށް ފުރާވަޑައިގެންފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.

އެ ދަތުރުފުޅުގައި ފުލުހުންގެ ދާއިރާއިން ދެ ގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުން އެގޮތުގައި ދަމަހައްޓައި އެގުޅުންތައް ބަދަހިކުރުމަށް ކުރެވެންހުރިކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

އަދި ދިވެހި ފުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީންގެ ފުރުސަތުތަކާއި ގުޅޭގޮތުން ޖަޕާން ފުލުހުންގެ އިސްވެރިންނާއެކު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް