ކްލަބް އެމްޓިސީސީ މުބާރާތް ފޯރިއާ އެކު ކުރިއަށް

ކްލަބް އެމްޓީސީސީ މުބާރާތުގެ ތެރެއިން-- ފޮޓޯ:އެމްޓީސީސީ

ކްލަބް އެމްޓީސީސީ ފުޓްސަލް ކަޕްގައި ރޭ ކުޅުނު މެޗުތަކުން ރިވެޓްމެންޓް، ކަށަވަރު ޗެމްޕިއަންސް، ޓަވަރ ކުއީންސް، ބްރޭކްވޯޓާ، ޒިއަޒޮލާ އަދި ނެއިބަހުޑް މޮޅުވެއްޖެ އެވެ.

މިމަހުގެ 19 ވަނަ ދުވަހުގެ ރެއިން ފަށައިގެން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށްކުރިއަށްދާ އެ މުބާރާތުގައި ރޭ ވަނީ 6 މެޗެއް ކުޅެފައެވެ.

ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ރިވެޓްމެންޓާ ކަށަވަރު ޖޫނިއާރސް ބައްދަލުކުރިމެޗު ނިމުނީ 7-1 ގެ ނަތީޖާއަކުން ރިވެޓެމްންޓް މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ދެ ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިން ޔާސިންއެވެ.

ރޭ ކުޅުނު އިތުރު މެޗުތަކަށްބަލާއިރު އެރީކެޓީ އެފްސީއާއި ބްރޭކްވޯޓާ ކުޅުންމެޗު ކަމިޔާބުކުރީ ބްރޭކްވޯޓާ އިންނެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ 6-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅުކުޅުންތެރިއަކީ ބްރޭކްވޯޓާގެ ވިޝާލްއެވެ.

އެފްސީ ޒިއަޒޯލާއާ ޓޮމް ޓޯނާޑޯ ބައްދަލުކުރި މެޗު 5-1 ގެނަތީޖާއަކުން ކާމިޔާބުކުރީ ޒިއަޒޯލާ އެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކީ އެޓިމުގެ އަހްމަދު ހާފިޒްއެވެ.

ނެއިބާހުޑާއި ޓިމް ކަށަވަރު ބައްދަލުކުރިމެޗުން މޮޅުވީ ނެއިބާހުޑްއެވެ. އެ ޓީމުންވަނީ ކަށަވަރު ކޮޅަށް އެއްގޯލް ޖަހަފައެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކީ ނެއިބަރ ހުޑްގެ ހަމައެކަނި ގޯލް އެޓީމަށް ކަމިޔާބުކޮށްދިން އަރްހަމްއެވެ.

އެ މުބަރަތުގެ އަންހެން ބައިގައި ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. މިބައިގައި ކަށަވަރު ޗެމްޕިއަންސްއާ ޑިވަސް ބައްދަލުކުރި މެޗު ކާމިޔަބުކުރީ 4-0 ގެ ނަތީޖާއަކުން ކަށަވަރު ޗެމްޕިއަންސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކަށަވަރު ޗެމްޕިއަންސްގެ ޒަހުރާއެވެ.

މި މުބާރަތުގައި ރޭ ކުޅުނު އެންމެ ފޯރިގަދަ މެޗުގައި ވާދަކުރީ ވިލީ ކަނބަލުންނާއި ޓަވަރ ކުއީންސްއެވެ. މި މެޗު 1-0 ކާމިޔާބުކުރީ ޓަވަރ ކުއީނުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އިފާޝާއެވެ.

ކްލަބް އެމްޓީސީސީން ބުނީ މި މުބަރާތުގެ މަގްސަދަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމާއި ކުރިއަށް ކުލަބް މޯލްޑިވްސް މުބާރަތައް ތައްޔާރުވުންކަމުގައެވެ.

comment ކޮމެންޓް